ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: މިއަދު ނިޔާވި ބަންގްލަދޭޝްގެ މީހާއަކީ، އެމްއެންޑީއެފުގެ ބަދިގޭގެ ކައްކާއެއް

މިއަދު ނިޔާވި ބަންގްލަދޭޝްގެ މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ރޭގެ ވަގުތެއްގައި. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން، މިއަދު ނިޔާވި ބަންގްލަދޭޝްގެ މީހާއަކީ، އެމްއެންޑީއެފުގެ ބަދިގޭގެ ކައްކާއެއްކަން ސަންގަށް ކަށަވަރުވެއްޖެއެވެ.

މުޢުތަބަރު ފަރާތަކުން ސަންގަށް މަޢުލޫމާތު ލިބުނުގޮތުގައި، މިއަދު ނިޔާވި ބަންގްލަދޭޝްމީހާއަކީ، އެމްއެންޑީއެފުގެ ބަދިގޭގެ ކައްކާއެއްކަމަށާއި، އަދި އޭނާގެ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗަށް ގެންދިޔައީ ވެސް އެމްއެންޑީއެފްގެ މުވައްޒަފުންކަން ކަށަވަރުވެފައިވެއެވެ.

ކޮރޯނާ ވައިރަސްގެ ބަލީގައި ނިޔާވި  ބަންގުލަދޭޝްމީހާގެ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

ބަންގްލަދޭޝްގެ މީހާގެ މަރާ ގުޅޭ ގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދަައްކަވަމުން ޑރ. މޫސާ ހުސެއިން ވިދާޅުވި ގޮތުގައި، އެ ބަންގްލަދޭޝްމީހާ  ނިޔާވީ ފިޓް ޖެހިގެންނެވެ.  

މީގެ އިތުރުން ޑރ. ހުސެއިން މޫސާ ވިދާޅުވީ، އޭނާގެ ފުރާނަ ސަލާމަތްކޮށްދޭން ކުރެވެންހުރި ހުރިހައިކަމެއް ކުރިކަމަށާއި، އެކަމަކު ސިކުނޑި އަށް ލޭ ފައިބައިގެން އެހެން ކަންކަން ވެސް ދިމާވެގެންދިޔަ ކަމަށެވެ.  

ނޫސްވެރިންގެ ބައްދަލުވުމުގައި، ބައިވެރިވި ނޫސްވެރިންވަނީ ނިޔާވި ބަންގްލަދޭޝްގެ މީހާއާއި ގުޅޭގޮތުން ވެސް ސުވާލުކޮށްފައެވެ.

މި ގޮތުން، އެ މީހާއަކީ، ކޮންތަނެއްގައި މަސައްކަތްކުރާ މީހެއްތޯ ބުނެ ނޫސްވެރިންވަނީ ތަކުރާރުކޮށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަޒީޒަށް ސުވާލު ދަންނަވާފައެވެ.

ނަމަވެސް ނޫސްވެރިންގެ މި ސުވާލުތަކަށް މަބްރޫކް އެއްވެސް ޖަވާބެއް ނުދެއްވައި، ދެއްކެވީ މުޅިން ވެސް އެހެންވާހަކަތަކެކެވެ.

ބައްޔަށް ޕޮޒިޓިވްވި މީހުން ނިސްބަތްވާ ކްލަސްޓަރތަކާއި މަސައްކަތްކުރާތަނުގެ މައުލޫމާތު މީގެކުރިންވަނީ އާއްމުކޮށްފައެވެ. މިގޮތުން ކޮކާކޯލާއާއި އެމްއެޗްއޭ އިހްސާން ފިހާރަ ފަދަ ތަންތަނުގެ މައުލޫމާތުވަނީ އާއްމުކޮށްފައެވެ. ނަމަވެސް އެމްއެންޑީއެފްގައި މަސައްކަތްކުރާ ކައްކާ އެތަނުގައި މަސައްކަތްކުރާކަން އެންއީއޯސީއިން ހާމައެއް ނުކުރިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: