ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދު ހުށަހެޅުއްވި ބިލު ބަލައިނުގަނެ އެންގީ އިސްލާހުކުރުމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރާއި ގުޅިގެން އިގްތިސާދު ދަށްވެ މާލީ ހާލަތު ގޯސްވަމުންދިއުމާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުގެ ޖަލްސާގައި އެޖެންޑާނުކޮށް އިސްލާހު ކުރަން އަންގައިފިއެވެ.

މާވަށު ދާއިރާގެ މެންބަރު ސައީދު ހުށަހެޅުއްވި ބިލަކީ ”ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލް“ގެ ނަމުގައި އިގްތިސާދު ދަށްވެ މާލީ ހާލަތު ގޯސްވަމުންދާ ވިޔަފާރިތަކާއި އާންމު ފަރުދުންނަށް އެހީވުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކެއް ބަޔާންކޮށް ހުށަހަޅާފައިވާ ބިލެކެވެ.

ސައީދުގެ އެ ބިލުގައި ޕެންޝަން ފަންޑުގެ ހައްގު ވެރިންނަށް ފައިސާ ދޫކުރުމާއި، ގެތަކުގެ ކުއްޔަށް ލުއި ދިނުމާއި، ޓޫރިޒަމް ސިނާއަތުން ވަޒީފާ ގެއްލުނު މީހުންގެ ވަޒީފާ ޔަގީން ކުރުމާއި، ޓޫރިޒަމް ސިނާއަތުގެ ބިމުގެ ކުއްލަށް ޝެޑިއުލްއެއް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ސައީދު ހުށަހެޅުއްވި ބިލު އެޖެންޑާ ކުރުމުގެ ބަދަލު މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާ ފަދަ މާއްދާތަކެއް ހުރުމުން، އެކަން އިސްލާހުކުރުމަށްފަހު އަލުން ބިލު ހުށަހަޅުއްވުމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި މައްސަލަތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަންޏެވެ. އެ ގޮތަށް ހުށަހަޅާނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރެއް މެދުވެރިކޮށެވެ.

ބިލަށް އެއްވެސް އުނި އިތުރެއް ގެންނަން މެމްބަރަށް ފެނިވަޑައިނުގަންނަވާ ނަމަ، އެ ބިލު ރައީސް އޮފީހަށް ވެސް ފޮނުވިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ސައީދު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި ބަހުސްކުރަން އެދިވަޑައިގަންނަވާ ކަމަށާއި، ބިލު ބަދަލުކޮށް އަލުން ހުށަހެޅުމަށް ވެސް އެދިވަޑައިގަންނަވަނީ އެހެންވެ ކަމަށެވެ.

”އިއްޒަތްތެރި މެމްބަރަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ ޕާޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރެއް ނޫން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން މިތަނަށް ހުށަހަޅާ ބިލް ހުށަހަޅަން މިޖެހެނީ ސަރުކާރު ރަމްޒު ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ފަރާތުން، އަޅުގަނޑު އިއްޒަތްތެރި މެމްބަރަށް ދަންނަވަވައިފިން މެމްބަރޭ ކުޑަކޮށް އަދި ކޮށާ މަށާލާފައި ގެންނަވަން ވީނޫންތޯއޭ. އަދި ރަނގަޅަކަށް ނުފެތޭ“ ނަޝީދު ވިދާޅުވިއެވެ.

ސައީދު ހުށަހެޅުއްވި ބިލުގައި ދަނޑުވެރިންނާއި މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައި ދިނުމަށް އެޅިދާނެ ފިޔަވަޅުތަކާއި ދަރިވަރުންގެ ލޯނު ފަސް ކުރުމާއި ކުދި ވިޔަފާރިތަކުގެ ޓެކްސް ފައިލް ކުރުމުގައި ލުއި ގޮތްތަކެއް ހޯދޭނެ ގޮތްތަކާއި ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ.

އެބިލު މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ނުކުރުމުން ސައީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ސައީދު ވިދާޅުވީ މަޖިލީހުގެ ޤްވައިދުގައި ވަކިގޮތަކަށް އޮތްނަމަވެސް މިވަގުތަކީ އާންމު ހާލަތެއްގައި ނޫން ކަމަށެވެ. އަދި މި ހާލަތުގައި ހާލުގައި ޖެހޭ މީހުނަށް އެހީވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަމަށް ސަރުކާރުން ވެސް އެއްބާރުލުން ދޭން ވާނެ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: