ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންނަށް ކާބޯތަކެއްޗާއި، އަދި އެ ނޫންވެސް ޒަރޫރީ ކަންކަން ކުރިޔަށް ގެންދާނީ އެމްއާރުސީން: މަބްރޫކް

މޮނީޓަރިންގައި ހުރި ބިދޭސީންގެ ގެތަކަށް އެމްއާރުސީން ރޯދަ ވީއްލުން ފޯރުކޮށްދެނީ - ފޮޓޯ: އެމްއާރުސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ތިބި ބިދޭސީންނަށް ކާބޯތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ މޯލްޑިވްސް ރެޑްކްރެސެންޓުގެ ފަރާތުން ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބުނެފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގު“ ގެ ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ މޯލްޑިވްސް ރެޑްކްރެސެންޓު ފަރާތުން އެންއީއޯސީއާއި އެކު މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އަމިއްލައިން އިސްނަގައިގެން އެމްއާރުސީން ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއާރުސީން މަސައްކަތް ކުރަމުން ދަނީ، މޮނީޓަރިންގެ ހާލަތުގައި ނުވަތަ ލޭބާ ކުއާޓަރުތަކުގައި ތިބި ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އިތުރު އެހީތެރިކަން ބޭނުންވެއްޖެ ނަމަ ކާޑުގެ ބާވަތްތައް ވެސް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއާރުސީން ކުރިޔަށް ގެންދާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

 ރާއްޖޭގެ ދިރިއުޅޭ ހުރިހާ ބިދޭސީންނަކީ، ގާނޫނުގެ ތެރެއިން ނުވަތަ ވޯކް ވިސާފަދަ ލިޔެކިޔުން ހަމަ ބައެއް ނޫން ކަމުން ފުލުހުންގެ ފަރާތުން އެހީތެރިކަމަށް އެދުމަށް އެ މީހުން ފަސްޖެހޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް، އެ ބިދޭސީންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރަންޖެހޭއިރު ބިދޭސީން ފުލުހުންނަށް ޖެހިލުންވާ ކަންތަކެއް ދިމާވާ ކަމަށެވެ. އަދި މަޝްވަރާތަކަށް ފަހު އެމްއާރުސީގެ ފަރާތުން ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ނިންމީ ކަމަށެވެ.

 

https://twitter.com/MRC_MLE/status/1257657534372032520

އެމްއާރުސީގެ ބައެއް މަސައްކަތްތަކުގެ ތަފްސީލުތައް ދެއްވަމުން މަބްރޫކް ވިދާޅުވީ، ބިދޭސީންނަށް މީލް ޕެކުތައް ފޯރުކޮށްދީފައިވާ ކަމަށެވެ. ކާބޯތަކެތީގެ 8،452 ޕާރުސަލްތަކުގެ ގޮތުގައި، މިހާތަނަށް ފޯރުކޮށްދީފައިވާއިރު 721 ގެ ކާޑު ޕެކިން ވެސް ބިދޭސީންނަށް ގެންގޮސްދީފައި ވާނެ ކަމަށެވެ. މީގެ އިތުރުން ހައިޖީން ޕެކުތައް ނުވަތަ ސާފުތާހިރު ވުމަށް ބޭނުން ވާނެ 100 ޕެކުތައް ފޯރުކޮށްދީފައި ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިއީ މުޖްތަމައުއެއްގެ ގޮތުގައި އެންމެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އަދި އާއްމުންގެ ފަރާތުން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާ ތަން ފެނިގެން ދިއުމަކީ އުފާވެރި މަންޒަރެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

މާލޭގައި މިހާރު ވަނީ ބިދޭސީން ދިރިއުޅޭ ގެތަކުން 28 ތަނެއް މޮނީޓަރިންނަށް ގެނެސްފައެވެ. އަދި އެ ތަންތަނުގައި ތިބި މީހުން ބައްޔަށް ޕޮޒިޓިވް ވެ ކުރިޔަށް އޮތް ތަނުގައި ބޮޑު ޕީކެއް އައުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ޓެގުން ވަނީ ލަފާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: