ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ. ކަނބާލިފަރު ރިސޯޓުގައި ނިޔާވި ބިދޭސީއެއް ކޮވިޑަށް ޓެސްޓު ކުރަނީ!

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އޮންލައިންކޮށް ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުންތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަދަމުންދާ ރިސޯޓެއް ކަމަށް ވާ ށ. ކަނބާލިފަރުގައި ނިޔާވި ބިދޭސީއެއް މާލެ ގެނެސް ކޮވިޑަށް ޓެސްޓް ކުރަން ނިންމާފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

ށ. ކަނބާލިފަރުގައި ބިދޭސީއެއް ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، ”ސަންގު“ އިން ވަނީ އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވޭތޯ އާއި އޭނާ ކޮވިޑަށް ޓެސްޓު ކުރާނެ ތޯ ސުވާލުކޮށްފައެވެ. އަދި އެ ސުވާލުގެ ޖާވާބުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކަނބާލިފަރުގައި ނިޔާވި ބިދޭސީއެއްގެ ސާމްޕަލް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.

ބިދޭސީގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވީ ނަމަވެސް، އިތުބާރު ހުރި މަސްދަރަކުން ސަންގު ނިއުސްއަށް މައުލޫމާތު ދިންގޮތުގައި މިއަދުގެ ވަގުތެއްގައި ސީޕްލޭންގައި އޭނާ ވަނީ މާލެ ގެނެސްފައެވެ. އަދި ބިދޭސީ މީހާ ގެނެެސްފައިވަނީ ސަލާމަތީ ހުރިހާ ކަންތަކެއް ވަރުގަދަކޮށް، ހެޒްމަޓް ސޫޓުގައި ތިބި ސިއްހީ ހިދުމަތްތެރިންނާއި އެކުއެވެ.

މަބްރޫކް ވިދާޅުވީ، މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ގޮތް ނޭނގޭ މަރުތައް ފާހަގަކުރެއްވިއްޖެ ނަމަ އެ މީހެއް ސާމްޕަލް ޓެސްޓު ކުރާނެއެވެ.

ކޮވިޑް ޖެހިފައި ހުރި ބިދޭސީއް ފިޓު ޖެހި، ސިކުނޑިއަށް ލޭ އެރުމުގެ ސަބަބުން މިއަދު ބިދޭސީއަކު ވަނީ ނިޔާވެފައެވެ. ނަމަވެސް އޭނާ ނިޔާވެފައިވަނީ ކޮވިޑްގެ ސަބަބުން ކަމަށް ނުބެލޭ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. ބިދޭސީ މީހާ ނިޔާވާން ސީދާ މެދުވެރިވީ ސަބަބު ނޭނގުނު ނަމަވެސް، ނިޔާވީއިރު ބޮޑު ބައްޔެއް ހުރުން އެކަށީގެންވާ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ޓިއުމަރެއް ނުވަތަ ކެންސަރު ފަދަ ބައްޔެއް އޭނާގެ ހުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައި ވެއެވެ.

މީގެ ކުރިން، ތިނަދޫގައި މަރުވި ދުވަސްވީ ދެ މީހަކާއި، މާލޭގައި މަރުވި މީހެއްގެ ސާމްޕަލްވެސް ނަގާ ޓެސްޓްކޮށްފައިވެއެވެ. އެމީހުން ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ ވަޅުލުމުގެ ކުރިން އެމީހުންނަށް ކޮވިޑް ޖެހިފައިވޭތޯ ޔަގީން ކުރުމަށެވެ.

ކޮވިޑް ޖެހިފައިވާ މީހުން ވަޅުލަނީ ހިނެވުމުގެ ބަދަލުގައި ތަޔަންމަމު ކުރުމަށްފަހުއެވެ. އެއީ މި ހާލަތުގައި ރައްކާތެރިވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ލަފަޔާއެކު ކުރަން ނިންމި ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: