ކޮރޯނާ ވައިރަހަށް އަނެއްކާވެސް މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕއރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) މިއަދު ކުރި ޓްވީޓެއްގައި ވަނީ އެ ކަން ކަށަވަރުކޮށްދީފައެވެ.
މި ގޮތުން އެ އޭޖެންސީން ބުނީ، ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށެވެ.
މިއަދު ޕޮޒިޓިވްވި މި މީހާއާއެކު، ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މި ވަނީ 574 އަށް އިތުރުވެފައެވެ. އެޗްޕީއޭގެ އަދާހަމަ (އަޕްޑޭޓްސް) ތަކަށް ބަލާއިރު، ވައިރަހަށް ޕޮޒިޓިވްވެފައިވާ ބިދޭސީންގެ އަދަދު 370 އަށް އަރައެވެ. މީގެ އިތުރުން، ވައިރަސް ޖެހުނު މީހުންގެ ތެރެއިން 2 މީހަކު މިހާތަނަށް ނިޔާވެފައިވާއިރު، އޭގެތެރެއިން އެކަކަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަން ފާހަގަކޮށްލެވެއެވެ.

