ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންގްރެސް ޕާޓީގެ އިންތިހާބަކީ ޕާޓީގެ ކުރިމަގަށް ކުރަހާ ވަރަށް މުހިންމު ކުރެހުމެއް: ފަލާހު

ޕީއެންސީގެ ކޮންގްރެސް ޖަލްސާގައި ފަލާހް ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންގްރެސް ޕާޓީން މިއަދު ބާއްވާ އިންތިހާބު ވެގެންދާނީ ޕާޓީގެ ކުރިމަގަށް ކުރަހާ ވަރަށް މުހިންމު ކުރެހުމަކަށް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ ނައިބު ރައީސުންނާއި މަތީ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ވޯޓު ނެގުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ފަލާހު ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކޮންގްރެސްގެ މައިގަނޑު އަމާޒަކީ ޕާޓީގެ އަސާސީ ގަވައިދު އިސްލާހުކުރުމާއި ކުރިއަށް އޮތް ފަސް އަހަރަށް ޕާޓީގެ އެކިއެކި މަގާމުތައް ފުރުއްވާނެ ފަރާތްތައް ޕާޓީގެ އާންމު މެމްބަރުންގެ ވޯޓާއެކު އިންތިހާބުކުރުން ކަމަށެވެ.

ފަލާހު ފާހަގަކުރެއްވި ގޮތުގައި އެ މަގާމުތަކަށް ހޮވަންޖެހޭ އަދަދަށް ވުރެ ގިނަ ބޭފުޅުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ސިޔާސީ ގޮތުން ވަރުގަދަ ލީޑަރުންނާއި، ތަޖުރިބާކާރު ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ފަލާހު ވިދާޅުވީ، އެ އިންތިހާބުން ހޮވޭ ނައިބު ރައީސުން، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައި މަގާމުގެ އިގުރާރުވުން މިރޭ އޮންނާނެ ކަމަށެވެ.

މީގެ އިތުރުން، އިދިކޮޅު ސިޔާސީ ޕާޓީތަކުން ޕީއެންސީގެ އެތެރޭގެ ގުޅުން ބައިބައިކޮށް ފުނޑުފުނޑުކޮށްލުމަށް އެއްވެސް ވަރަކަށް ޖާގަ ދީގެން ނުވާނެކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ޕާޓީގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަމަކީ ޕާޓީގެ ކޮންމެ މެމްބަރެއްގެ މުހިންމު ޒިންމާއެއް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

ޕީއެންސީއަކީ މިވަގުތު ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި މިއީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް މިހާހިސާބަށް އެންމެ ގިނަ އަދަދަކަށް މެމްބަރުން ދަފްތަރު ކުރެވުނު ސިޔާސީ ޕާޓީކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: