ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް ވިޔަފާރިވެރިންނަށް މާފު ނުދެވޭ ގޮތް ހެދީ ސިޔާސީ ސަކަރާތް ހުއްޓުވަން: އިހުސާން

ޝެއާރކޮށްލާ ކަހަލަދޯ؟

 މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އަދަބު ލުއިނުކުރެވޭ ގޮތަށް ނިންމެވި މައިގަނޑު ސަބަބަކީ، މީގެ ކުރިން އިންތިހާބުތަކާ ދިމާކޮށް ސިޔާސީ މަންފާއަށްޓަކައި ޑްރަގް ވިޔަފާރިވެރިން ޖަލުން ދޫކޮށްލުމަށް ހިންގަމުން އައި ޖަރީމާތައް ނިމުމަކަށް ގެނައުމަށްކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ ޕީއެންސީ ގެ މަތީ މަޖިލިސް ކޮންގްރެސްއަށް ހުށަހަޅައިދިން ޕްރެޒެންޓޭޝަނުގަ އެވެ.

ޕްރެޒެންޓޭޝަންގައި މަސްތުވާތަކެތީގެ މައްސަލައަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތަފްސީލުތައް ދެއްވާފަ އެވެ. އެގޮތުން އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަށް ޑްރަގް ވިޔަފާރިވެރިން ޖަލުން ދޫކުރާ ”ސިޔާސީ ސަކަރާތް“ ނިމުމަކަށް ގެނައުމަށްޓަކައި، އެފަދަ ކުށްވެރިންނަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ބާރުގެ ދަށުން އެއްވެސް ލުޔެއް ނުދެވޭ ގޮތަށް ޤާނޫނު އިސްލާޙުކޮށް މިހާރު އަމަލުކުރަން ފަށާފައިވާކަމަށް އިހުސާން ވިދާޅުވި އެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އަމިއްލަފުޅަށް އެ ބާރުތައް ދޫކޮށްލައްވައި، ރައްޔިތުންގެ މަޖިލީހުގެ ތާއީދާއެކު ގާނޫނު އިސްލާހު ކުރައްވާފައިކަމަށް އިހުސާން ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މައިގަނޑު ދެ އެޕްރޯޗެއް ގެންގުޅޭކަން ފާހަގަކުރައްވަމުން އިޙްސާން ވިދާޅުވީ، އެއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ވިއްކުން ހުއްޓުވުމާއި، އެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ދުރުކުރުން ކަމަށެވެ. އަދި ގާނޫނަށް ގެނައި ބަދަލުތަކުގެ ދަށުން ވަކި މިންވަރަކަށްވުރެ ގިނައިން ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދެވޭނެކަމަށް އިހުސާން ވިދާޅުވި އެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވި ގޮތުގައި ގާނޫނަށް ގެނައި ބަދަލުތަކާއެކު، މަސްތުވާތަކެތި ބޭނުންކުރާ ޑްރަގް ކެފޭތައް ބަންދުކޮށް އެ ތަންތަނުގެ ވެރިފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބާރު ލިބި، މިހާތަނަށް މާލެއާއި އަތޮޅުތަކުން ޖުމްލަ 11 ތަނެއް ވަނީ ބަންދުކޮށްފައެވެ. ހަމައެއާއެކު، މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރާ އަޑީގައި ތިބޭ މީހުންނަށް 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ގޮތް ހަދައި، އެ ވިޔަފާރިން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތަށް ގާނޫނު އިސްލާހު ކުރެވިފައިވާކަމަށް ވިދާޅުވި އެވެ.

ފާއިތުވި ކުރު މުއްދަތެއްގެ ތެރޭގައި ފުލުހުން ހިންގި 500 އަށްވުރެ ގިނަ އޮޕަރޭޝަންތަކުން 1,327 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށާއި، އޭގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މަނީ ލޯންޑްރިންގެ 23 މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، ރަށްރަށަށް މަސްތުވާތަކެއްޗާއި ބަނގުރާ އެތެރެވުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ވިދާޅުވި އެވެ.

އިހުސާން އިތުރަށް ވިދާޅުވި ގޮތުގައި، ދޭސީންނާއި ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށާއި، ޖަލުތަކުގެ ހާލަތު ބަދަލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ރައްޔިތުންނާ ގާތުން ހިދުމަތްތައް ދިނުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: