ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ކޮށްދެއްވާނެކަމުގެ މިސާލު ދެއްކެވި ރައީސަކީ ޑރ. މުއިއްޒު: މުއްތަލިބު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ކޮށްދެއްވާނެކަމުގެ މިސާލު ދެއްކެވި ރައީސަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުއިއްޒަށް ދެއްވުމަށް ގޮވާލައި، ޕީއެންސީގެ މަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރައްވަމުން މުއްތަލިބު ވިދާޅުވީ، މި ފަހުން ވަރަށް މަޝްރޫއު ވިޔަފާރިވެރިއަކާ ދިމާވެވަޑައިގެންނެވިކަމަށާއި އެ ބޭފުޅާއާ ދެއްކެވި ވާހަކައެއްގެ ތެރެއިން، ސަރުކާރުން ބޭނުންވާނަމަ އެ ކަމެއް ކުރާނެ ކަމަށް ވިދާޅުވި ކަމަށް މުއްތަލިބު ކިޔައިދެއްވިއެވެ.

މުއްތަލިބު ވިދާޅުވީ، ކުރިން އަޑު އިވެމުން އައީ ވިޔަފާރިވެރިން ބޭނުންވެއްޖެނަމަ ވިޔަފާރިވެރިން އެކަމެއް ކުރާނެ ކަމަށް ބުނާ އަޑު ކަމަށެވެ. ނަމަވެސް، މިހާރު ރައްޔިތުން އެދޭ ބަދަލުތައް ރައްޔިތުން އިންތިހާބުކުރާ ސަރުކާރަކުން ކުރާ މަންޒަރު ފެންނަ ކަމަށާއި އެ އަޑު އިވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިހާރު އަޅުގަނޑުމެންނަށް ފެންނަމުން، މި އަޑު އިވެނީ ސަރުކާރުން، ރައްޔިތުން އިންތިހާބުކޮށްފައި އޮންނަ ސަރުކާރުން ރައްޔިތުންނަށް ޓަކައި ކަމެއް ކުރަން ބޭނުންވެއްޖެއްޔާ އެކަމެއް ކުރައްވާނެ، ކުރެއްވޭނެއޭ،“ މުއްތަލިބު ވިދާޅުވިއެވެ.

ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރަކުން ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެވޭނެ ކަމުގެ މިސާލު ދެއްކެވީ ރައީސް ޑރ. މުއިއްޒު ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީ އެހެން މިސްރާބަކަށް ގެންދިޔުމަށް ޓަކައި ކުރާ މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދިޔުމަށް އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަކީ ޕާޓީގެ އެންމެންވެސް ކުރަން ޖެހޭ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

އޭގެ އިތުރުން، މި ސަރުކާރުން ފެށި މަސައްކަތް 2028 އަށް ނުނިމޭނެ ކަމަށާއި އެ ހިސާބަށް ދާއިރު، އެހެން ފަރާތަކުން ވެރިކަމަށް އައިސް ބިނާކޮށްފައި ހުރި ކަންތައްތައް ފުނޑާލަން ފުރުސަތު ދީފިނަމަ، ކުރިއަށް އޮތް ޖީލުތަކުން އެކަމަށް ހިތާމަކުރާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: