ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްޕޯޓްކުރުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭ، އާ ސިޔާސަތުތަކެއް ތައާރަފު ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ޒަރީރު

ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ކަރަންސީ ކޮންވާޝަން ރޭޓު 40 ޕަސެންޓަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި، ބޭރު ފައިސާ ބޭރުވާ މިންވަރު މަދުކުރުމަށް ހާއްސަ ސިޔާސަތުތަކެއް އެކުލަވާލަމުންދާކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު މިހެން ވިދާޅުވީ ޕީއެންސީން ކުރިޔަށް ގެންދާ، މަތީ މަޖިލިސް ކޮންގްރެސްއަށް ހުށަހަޅައިދެއްވި ޕްރެޒެންޓޭޝަންގަ އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ބޭރު ފައިސާއަށް އޮތް ޕްރެޝަރު ބޮޑުވުމުގެ މައިގަނޑު އެއް ސަބަބަކީ އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރިކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔުމެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ، ދަތުރުފަތުރުކުރާ ފަރާތްތަކާއި، ބޭސްފަރުވާއަށްދާ ފަރާތްތަކުގެ އިތުރުން އީ-ކޮމާސް ޕްލެޓްފޯމްތަކާއި ކާޑުތަކަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބީއެމްއެލްއިން ހޭދަކުރަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި މުދާ ގަތުމަށް ބޭންކު މެދުވެރިކޮށް ބޮޑު އަދަދަކުން ޑޮލަރު ދޫކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިހާރު މިދާ ޓްރެންޑުގައި މިކަން ދިގުމުއްދަތަކަށް ހިފެހެއްޓުމަކީ ވަރަށް ދަތި ކަމެއްކަމަށާއި، ރާއްޖެއަށް އެތެރެވާ ޑޮލަރަށްވުރެ ރާއްޖެއިން ބޭރުވާ ޑޮލަރުގެ އަދަދު އިތުރުވަމުންދާތީ އެކަމުގެ ދަތިކަމާއި ޕްރެޝަރު މުޅި ބޭންކިން ނިޒާމަށް ކުރިމަތިވަމުންދާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، މުދާ އިމްޕޯޓްކުރުމާއި އާންމުންގެ ހަރަދުކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، އެކަންކަން ހާސިލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ތަޢާރަފުކުރަންޖެހޭ އާ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: