ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސައިފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓްރީގެ ބައެއް ޚިދުމަތްތަކަށް، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މި ކަން ހާމަކޮށް، އިކޮނޮމިކް މިނިސްޓްރީން ހޮނިހިރުވިލޭރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޮރޯނާ ވައިރަހާއި ގުޅިގެން، ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތު އިތުރުކޮށްފައިވާތީ، އެ މިނިސްޓްރީން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށެވެ. 

އިކޮނޮމިކް މިނިސްޓްރީން ބުނީ، މެއި 10 ވަނަ ދުވަހުން ފެށިގެން، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ގޮތުން، ހެނދުނު 10:00 އިން ފެށިގެން، މެންދުރު 12:00 އަށް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ޚިދުމަތްތަކުގެތެރޭގައި، ކޯޓާގެ މުއްދަތު އިތުރުކުރުމާއި، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމާއި، ވަޒީފާދޭ ފަރާތް ބަދަލުކުރުން ހިމެނެއެވެ.

މީގެ އިތުރުން، މަސައްކަތްކުރާ ވާރކް ސައިޓް ބަދަލުކުރުމާއި، އޮކިއުޕޭޝަން ޗޭންޖް ކުރުމާއި، އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރުމާއި، ޑިޕޮސިޓް ރިފަންޑް ކުރުން ވެސް، އެ ޚިދުމަތްތަކުގެތެރޭގައި ހިމެނޭނެކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރިގޮތުގައި، އެޕްރޫވަލް އާ ގުޅުންހުރި މައުލޫމާތު ސާފުކުރުމަށް، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10:00 އިން ފެށިގެން، މެންދުރުފަހު 14:00 އާއި ހަމައަށް 9199151 ނަންބަރު މެދުވެރިކޮށް މަޢުލޫމާތު ސާކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: