ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އެކްޓިވިސްޓް ޝާމިންގެ ބަންދަށް އިތުރު ތިން ދުވަސް

މުހައްމަދު ޝާމިން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރުން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމެއްގެ މައްސަލައިގައި ހައްޔަރުކުރި އެ ޕާޓީގެ އެކްޓިވިސްޓު މުހައްމަދު ޝާމިން އިތުރު ތިން ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގެ ބެރިކޭޑްތައް ހުރަސްކޮށް އެތެރެއަށް ވަދެފައިވާކަމުގެ ތުހުމަތުގައި ފުލުހުން ޝާމިން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެކްސީގެ މަސައްކަތް ކުރަނިކޮށެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް، އެންމެ ފުރަތަމަ ޖެހި 10 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާތީ އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު ތިން ދުވަސް ދީފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ، މުދަލަށް ގެއްލުން ދިނުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުން، އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމެވެ.

ހެކީގެ ގޮތުގައި ފުލުހުން އިންޓެލިޖެންސް ބްރީފިން، ހާދިސާ ރިޕޯޓި، ސީނަށް ދިޔަ ފުލުހުންގެ ބަޔާންތައް، އަދި ސީސީޓީވީ ފޫޓޭޖުގެ ސްނެޕްޝޮޓުތައް ވަނީ ހުށަހަޅައިފައެވެ. ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަން ފާހަގަކޮށް، ކޯޓުން ނިންމީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ އޭނާ އިތުރު ތިން ދުވަހަށް ބަންދުކުރުމަށެވެ.

މިދިޔަ މަހުގެ 28 ގައި ކުރިއަށްދިޔަ މި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އެމްޑީޕީގެ ޔޫތު ވިންގް ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު، ފަސް ދުވަހަށް ބަންދުކުރުމަށްފަހު މި މަހުގެ ހަ ވަނަ ދުވަހު ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: