ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މަޖަލަކަށް“ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ފަސް ދުވަހަށް ބަންދުކޮށްފި

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް/ ފޮޓޯ: ޚުލާސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރޭގައި، ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މިސްރުގެ މީހަކު ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކޮށްފިއެވެ.

ޕީޓާ ސަމާން މަރުޒޫކް ނަމަކަށް ކިޔާ މިސްރަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ، އެއާޕޯޓުގެ ޑިޕާޗާ ސްކްރީނިން ސަރަހައްދުގައި އޭނާއާއި އޭނާގެ ދައްތަ ހުއްޓާ، އޭނާގެ ދައްތަގެ ދަބަސް އިތުރަށް ބެލުމަށް ޑިއުޓީ އޮފިސަރުން ދިޔަ ވަގުތު އޭނާ އެތަނުގައި ހުރެފައި ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މައްސަލައިގައެވެ.

އެކަން ސެކިއުރިޓީގެ ސަމާލުކަމަށް އައިސް ފުލުހުންނާއި ސިފައިން ގެނެސްގެން ބެލި ބެލުމުން އެ ދަބަހުން އެފަދަ އެއްޗެއް ފެނިފައިނުވެއެވެ.

އެއީ އޭނާ މަޖަލަކަށް ބުނި އެއްޗެއް ކަމަށް ސީނުގައި ބުނެފައިވާ ކަމަށް ފުލުހުންގެ އައިއޯ ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މީހާ ވަނީ ކޯޓުގައި ވެސް އެއީ މަޖަލަކަށް ބުނި އެއްޗެއް ކަމަށާއި، އެކަމަށް މައާފަށް އެދޭ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގެ ތަހުގީގަށް އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް ނިންމައިފައެވެ. ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ބިރު ދެއްކުމާއި ދޮގު ހަބަރު ދިނުމެވެ.

އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުގެ އިންސިޑެންޓް ރިޕޯޓާއި ފުލުހުންގެ ހާދިސާ ރިޕޯޓާއި ހެކިބަސްދޭ ފަރާތެއް ތަހުގީގަށް ދީފައިވާ ބަޔާން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: