ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖޭން ބޭރުކުރަން އުޅުނު ބިދޭސީންނަށް މަނީ ލޯންޑަރިންގެ ތުހުމަތު!

ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރުވައިގެން، 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖޭން ބޭރުކުރަން އުޅުނު ބަންގްލަދޭޝްގެ ހަ މީހުންގެ ގްރޫޕުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ހަ މީހުންގެ މައްޗަށް ވެސް ފުލުހުން މަނީލޯންޑްރިންގެ ތުހުމަތުކުރާކަން އެ މީހުންގެ ބަންދު އަމުރުތަކުން ހާމަވާއިރު، އޭގެ ތެރެއިން، ބައެއް މީހުން ކޯޓުގައި ބުނީ އެ މީހުން އެއާޕޯޓަށް ދިޔައީ މީހަކު ފުރުވަން ކަމަށެވެ. އަނެއް ބައި މީހުން ދިޔައީ މީހަކަށް ޕާރުސަލެއް ހަވާލުކުރަން ކަމަށާއި އޭގައި ހުރި އެއްޗެއް ނޭނގޭ ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން:

  • އެމްޑީ ޝާހިން މިއާ (46 އަހަރު) – ބަންގްލަދޭޝް
  • އެމްޑީ މޮހިދިން ޗޯދުރީ (28 އަހަރު) – ބަންގްލަދޭޝް
  • އަޖްގަރު މިރިދާ (37 އަހަރު) – ބަންގްލަދޭޝް
  • މުހައްމަދު އަބްދުﷲ (38 އަހަރު) – ބަންގްލަދޭޝް
  • ރަޖިބް (31 އަހަރު) – ބަންގްލަދޭޝް
  • މުހައްމަދު މައިނުދިން ސޯލަހް (35 އަހަރު) – ބަންގްލަދޭޝް

އެ މީހުންގެ ތެރެއިން އަޖްގޮރް ކޯޓުގައި ބުނީ، އޭނާ އެއާޕޯޓަށް ދިޔައީ ތިން އަހަރު ފަހުން ގައުމަށް ދިޔުމަށް ކަމަށާއި އޭނާއަކީ ރަށެއްގައި 7،000ރ. ގެ މުސާރައެއްގެ ވަޒީފާގައި އުޅޭ މީހެއް ކަމަށެވެ. ބޭރު ފައިސާތަކެއް ފެނުނު ލަގެޖަކީ އެއާޕޯޓުން ދިމާވި ރާޖިބުގެ އެއްޗެއް ކަމާއި އެ ލަގެޖު ބަރުވާތީ އޭނާއާއެކު ޗެކިންވީ ކަމަށް އަޖްގޮރް ބުނެފައިވެއެވެ. ރާޖިބަކީ ދަންނަ ވެސް މީހެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، ރާޖިބު ބުނެފައިވަނީ އޭނާ އެ ލަގެޖާ ހަވާލުވީ އަޖްގޮރު ބުނެގެން ކަމަށާއި އެކަމަށް ފައިސާ ވެސް ދޭނެ ކަމަށް އަޖްގޮރު ބުނި ކަމަށެވެ. ޝާހިން ވެސް ބުނީ އެއާޕޯޓަށް އޭނާ ދިޔައީ އަޖްގޮރު ދިން ޕާރްސަލެއް މީހަކާ ހަވާލުކުރަން ކަމަށެވެ.

ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، އެ ހަ މީހުންގެ އަތުން 174,161 ޔޫއެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1،815 ސްޓާލިން ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ވަނީ ފެނިފައެވެ. މި ހުރިހާ ފައިސާއެއްގެ ޖުމުލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ.

ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި ފައިސާތައް ބަންދުކޮށް ފޮރުވާފައި ހުރީ ސީރިއަލް ޕެކެޓުތަކެއްގެ އެތެރޭގައެވެ. މި މައްސަލައިގައި ޝާމިލުވާ ހަ މީހަކު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ފިޔަވަޅުތައް އަޅާފައިވާއިރު، ރިސޯޓުތަކަށް ބޭރު ފައިސާއިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި ހުއްދަ ނެތި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.

މި މަސައްކަތުގެ ތެރެއިން މި ފަހުން ވެސް ގަވާއިދާ ހިލާފަށް ޑޮލަރު ވިއްކާ ވިޔަފާރީގައި އުޅުނު ބިދޭސީ ނެޓްވޯކްތަކެއް ވަނީ އަތުލައިގެންފައެވެ. މީގެއިތުރުން، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރާކަމަށް ތުހުމަތުކޮށް ފުލުހުން ވަނީ ”ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް“ ގެ އޮފީސް ރެއިޑްކޮށް، އެ ކުންފުނިން ޑޮލަރުގެ މުއާމަލާތްތައް ހިންގަން ބޭނުންކުރާ ބޭންކު އެކައުންޓްތައް ފްރީޒްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: