އައިޖީއެމްއެޗްގެ ޑޮކްޓަރަކާއި ނަރުހަކު ޕޮޒިޓިވް ވެއްޖެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްެދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސް ޑރ. ޢަލީ ނަޒީމް ވިދާޅުވީ، އެ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވެފައިވާކަމަށެވެ. ނަމަވެސް އެ ދެ ކޭހަކީވެސް އައިޖީއެމްއެޗުގެ ތެރެއިން ބަލިމީހަކާއި ކޮންޓެކްޓުވި ދެ ފަރާތެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އައިޖީއެމްއެޗްގެ ޑޮކްޓަރަކާއި ނަރުހަކު ޕޮޒިޓިވްވެފައިވަނީ ހޮސްޕިޓަލުން ބޭރުން އެމީހުން ދިރިއުޅޭ މާހައުލުން ކޮންޓެކްޓުވެގެން ކަމަށެވެ. އަދި ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު މި ބަލީގެ ނުރައްކާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށްވެސް އެބައޮތްކަމަށް ނާޒިމް ވިދާޅުވިއެވެ.
ކޮވިޑް-19 ބަލި ޖެހޭމީހުންގެ ތެރެއިން އަލާމާތްތައް ނުފެންނަ މީހުންގެ އަދަދު ގިނަ ވަމުންދާކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ

