ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުން އަސާސީ ހައްގުތަކާއި މިނިވަންކަން ހިފަހައްޓާފައިވާކަމަށް ބުނެ ”އަދަދު“ ނޫހުން ކޯޓަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ”އަދަދު“ ނޫހާއި އެ ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް ރައީސް އޮފީހުން ނިންމީ ގާނޫނާ ހިލާފު ނިންމުންތަކެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ފިޔަވަޅު ބާތިލުކޮށްދިނުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

”އަދަދު“އިން ހުށަހެޅި ދައުވާގައި އެދިފައިވަނީ ރައީސް އޮފީހުން އަޅާފައިވާ ފިޔަވަޅަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަން ނިގުޅައިގެންފައިވާ ފިޔަވަޅެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ ހައްގުތައް ހިފަހައްޓާފައިވާނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ހިލާފަށް ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

އެގޮތުން ރައީސް އޮފީހުން ހައްގުަތައް ހިފަހައްޓާފައިވަނީ މިނިވަން ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރާ މިންވަރަށް ނޫން ކަމަށް ދައުވާގައި ބުނެފައިވެއެވެ.

ގާނޫނުއަސާސީގެ 16 ވަނަ މާއްދާ އަންނަނީ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ ދަށުންނެވެ. ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ޖުމްލަ ގޮތެއްގައި ބުނަނީ:

  • 16 ވަނަ މާއްދާގެ (ހ): ގާނޫނުއަސާސީގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާނޭ ގޮތުގެމަތިން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން މެނުވީ މި ހައްގުތަކުގެ އެއްވެސް މިންވަރެއް ހިފަހައްޓައިގެން ނުވާނެއެވެ. 
  • 16 ވަނަ މާއްދާގެ (ށ): ގާނޫނަކުން ނަމަވެސް އަސާސީ ހައްގެއް ހިފެހެއްޓޭނީ  މިނިވަން ދިމިގްރާތީ މުޖުތަމައެއްގައި އެފަދަ ހައްގެއް ހިފެހެއްޓުން ކޮންމެހެން ބޭނުންތެރި ކަމަށް ފެންނަ މިންވަރަށް އެކަންޏެވެ. އަދި އެގޮތަށް ހިފެހެއްޓޭނީ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އަމަންއާންމު ހިމާޔަތްކުރުމާއި، ނުވަތަ އަބުރާއި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުން ފަދަ މުހިންމު މަގުސަދުތަކަކަށެވެ.
  • 16 ވަނަ މާއްދާގެ (ނ): ގާނޫނަކުން އަސާސީ ހައްގެއް ހިފަހައްޓާފައިވަނީ (ށ) ގައި ބުނާ ފަދަ މިނިވަން ދިމިގްރާތީ މުޖުތަމައެއްގައި އެކަން ބޭނުންތެރި މިންވަރަށްތޯ ކަނޑައެޅުމުގައި، އެ ހައްގުގެ އަސްލު ގެއްލިގެން ނުދާކަމާއި އަދި އެކަން ކުރި މަގުސަދާ އެކަށީގެންވާ މިންވަރެއްގެ ހިފެހެއްޓުމެއްތޯ ކޯޓުތަކުން ބަލަންވާނެއެވެ.
  • 16 ވަނަ މާއްދާގެ (ރ): މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަމަކީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ލިބިދޭ އެއްޗެއް ކަމަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް (ބޭރު މީހުން ހިމެނޭގޮތަށް) އެ ހައްގުތައް ލިބިގެންވެއެވެ.

ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން، އިދާރާއަކުން އަޅާ ފިޔަވަޅެއްގެ ސަބަބުން ހައްގަކަށް އުނިކަން އަންނަނަމަ އެ ފިޔަވަޅު ލިޔުމުން ދިނުމަށް ހުރިހާ ދައުލަތުގެ އިދާރާތަކުގެ މައްޗަށް ލާޒިމުކުރާ ނަމަވެސް، އަދަދަށް ފިޔަވަޅު އެޅިކަމުގެ ލިޔުން ދިނުމަށް ރައީސް އޮފީހުން ވަނީ ދެކޮޅު ހަދައިފައެވެ. އެ ލިޔުން ދިނުމަށް އެ ނޫހުން ތަކުރާރުކޮށް އެދިފައިވާނަމަވެސް، މިހާތަނަަށް ވެސް އެ އިދާރީ ފިޔަވަޅާ ގުޅޭ ލިޔުން ރައީސް އޮފީހުން ދީފައި ނުވެއެވެ.

އަދަދުގެ ނޫސްވެރިންނަށް ޕްރެސްތަކަށް ނުވަދެވޭ ގޮތަށް ރައީސް އޮފީހުން ފިޔަވަޅު އެޅީ މެއި 11ގައެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން އަދި އެ ނޫހުގެ ސީއީއޯގެ މައްސަލައެއް ކޯޓުގައި ހިނގަމުންދާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވެސް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: