ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް: ތިން މީހަކަށް އަނިޔާވެއްޖެ

މީގެ ކުރިން އެކްސިޑެންޓެއް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: ދުވެލި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސޯސަން މަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި، ސޯސަންމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 01:12 އެހައިކަންހާއިރުއެވެ.

މި އެކްސިޑެންޓުގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ.

މި ހާދިސާގައި އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް ލިބިފައިވަނީ އެ އަންހެން މީހާއަށެވެ. ސައިކަލު ފަހަތުގައި އިން އެ އަންހެން މީހާ ވިއްސައިގެން ގޮސް އޭނާގެ ބޮލަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

ފުލުހުން އިތުރަށް ބުނެފައިވާ ގޮތުުގައި، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ ލައިސަންސް އޮންނަ މީހެއް ނޫނެވެ.

ފުލުހުން ގެންދަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: