ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ޢަދަދެއްގެ ކާބޯތަކެތި ރާއްޖެއަށް ގެނެސްފި

މި މަހުގެ 04 ގައި ރާއްޖެގެނައި ކާބޯތަކެތި ހުސްކޮށް ގުދަންކުރުމުގެތެރެއިން. ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަނެއްކާވެސް، ގިނަ ޢަދަދެއްގެ ކާބޯތަކެތި ރާއްޖެއަށް ގެނެސްފިއެވެ. 

މި ކަން ހާމަކޮށް، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް ( އެމްޕީއެލް) އިން ކުރި ޓްވީޓެއްގައި ބުނީ، މި ތަކެތި ރާއްޖެއަށް ގެނެސްފައިވަނީ، މި މަހުގެ 9 ވަނަދުވަހު ބަނދަރުކުރި ކާގޯ ބޯޓު ”އެމްވީ ނިއުމަތު 2“ އިން ކަމަށެވެ. 

މި ގޮތުން، ގެނައި ތަކެތީގެތެރޭގައި، 5000 ކޭސް ބިހާއި، 1820 ބަސްތާ އަލުތްވާއި، 1200 ބަސްތާ ކެބެޖާއި، 656 ކެޔޮގަނޑާއި، 1134 ފޮށިގަނޑުގެ ޓޮމާޓޯއާއި، 960 ބަސްތާ ކަރަލާއި، 1460 ބަސްތާ ފިޔާ ހިމެނޭކަމަށް އެމްޕީއެލްއިން ބުނެއެވެ.

މީގެ އިތުރުން، 420 ބަސްތާ ބަރަބޮލާއި، 480 ފޮށިގަނޑުގެ އަލަނާސިއާއި، 549 ފޮށިގަނޑުގެ އަނބާއި، 80 ފޮށިގަނޑުގެ ދޮންކެޔޮ ހިމެނޭކަމަށް ވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: