ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯސަން މަގުގައި ހިނގި އެކްސިޑެންޓު: ދެ މީހެއްގެ ބޮލަށް އަނިޔާވެ ހާލު ނާޒުކު، ޒުުވާނަކު ހައްޔަރުކޮށްފި

ފުލުހުން މަގުތަކުގައި ހަރަކާތްތެރި ވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފިއެވެ.

ސޯސަންމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު 01:12 އެހައިކަންހާއިރުއެވެ.

އެ މައްސަލައިގައި ތ. ދިޔަމިގިލި، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަން ހައްޔަރުކޮށް، ބަންދުކުރި އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތަހުގީގުކުރަނީ އެއްގަމު އުޅަނދު އެކްސިޑެންޓުވުމުގެ މައްސަލައެކެވެ. އެ ހާދިސާގައި އޭނާއަށް ވެސް އަނިޔާ ލިބިފައިވާތީ ބަންދަށް ލުޔެއް ދިނުމަށް އެދުނު ނަމަވެސް، ކޯޓުން ނިންމާފައިވަނީ އޭނާ ބަންދުކުރާށެވެ.

އޭނާއާ ދެކޮޅަށް ސީސީޓީވީ ފޫޓޭޖުގެ ސްނެޕްޝޮޓްތަކުގެ ރިޕޯޓަކާއި، ހާދިސާ ރިޕޯޓާއި، އަދި ޓްރެފިކް ވަޔަލޭޝަން ރިޕޯޓު ހުށަހަޅާފައިވެއެވެ. ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވާތީ، މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ ތަހުގީގަށް އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ ނިންމައިފައެވެ.

އަމުރުގައިވާ ގޮތުން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތި، ބާރު ސްޕީޑުގައި، ޒިގްޒެގްކޮށް، ނުރައްކާތެރިކަމާއެކު ދުއްވުމުގެ ސަބަބުން އިތުރު ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އެ ސައިކަލުގައި ތިބި ދެ މީހުންގެ ސިކުނޑިއަށް ގެއްލުންވެ، އެ ދެ މީހުންގެ ހާލަތު ވަރަށް ނާޒުކު ކަމަށް ފުލުހުންގެ އައިއޯ ކޯޓުގައި ބުނެފައިވެއެވެ.

މާހު ހަސަން ލައިސެންސް ނެތި ދުއްވުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި އެކަނި ހަތަރު ފަހަރު ހުއްޓުވައި ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް އައިއޯ ބުނެފައިވެއެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ 22 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް ލިބިފައިވަނީ އެ އަންހެން މީހާއަށެވެ. ސައިކަލު ފަހަތުގައި އިން އެ އަންހެން މީހާ ވިއްސައިގެން ގޮސް އޭނާގެ ބޮލަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: