ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެނބުރި ދަން ބޭނުންވެފައި ތިބި 202 މީހުންނާއި އެކު އިންޑިޔާގެ މަނަވަރު ގައުމަށް ފުރައިފި

އެނބުރި ގައުމަށް ދާން ބޭނުންވެފައިތިބި އިންޑިއާގެ 202 މީހަކު މަނަވަރެއްގައި އެ ގައުމުގަށް ފޮނުވާލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އެނބުރި ގައުމަށް ދާން ބޭނުންވެފައިތިބި އިންޑިއާގެ 202 މީހަކު މަނަވަރެއްގައި އެ ގައުމުގަށް ފޮނުވާލައިފިއެވެ.

ކޮވިޑާއި ގުޅިގެން، އެކި ސަރަހައްދުތަކުގައި ތިބި އިންޑިއާގެ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމަށް ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މިއީ  ”ސަމުދުރާ ސެތޫ“ގެ ނަމުގައި އިންޑިއާއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ހުކުރު ދުވަހު ވެސް ރާއްޖޭގައި ތިބި އިންޑިއާގެ 750 މީހަކު ވަނީ އެގައުމަށް ވަނީ ފުރާފައެވެ. މިއަދު ފުރި މީހުންގެ މައުލޫމާތު ހިއްސާކޮށް އިމިގްރޭޝަނުން ބުނެފައިވަނީ އިންޑިއާގެ މަނަވަރުން އެގައުމުގެ 202 މީހަކު މިއަދު ފުރުވާލެވިފައިވާ ކަމަށެވެ. އަދި އެމީހުން ފުރުވާލައިފައިވަނީ ”އައި.އެން.އެސް މަގާ“ ނަމަކަށް ކިޔާ އިންޑިއާގެ އަސްކަރީ މަނަވަރެެއްގައި ކަމަށެވެ.

އެ މީހުން ފުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގަ އެވެ. ބަސްތަކުގައި މީހުން ފެރީ ޓާމިނަލްއަށް ގެނައުމުގެ އިންތިޒާމް ވެސް އިންޑިއާ ހައިކޮމިޝަނުން ވަނީ ހަމަޖައްސައިފަ އެވެ. މަނަވަރުގައި ދާ މީހުން، އިންޑިއާގެ ކޮޗިންގައި 14 ދުވަހަށް ކަރަންޓީނު ކުރާނެއެވެ. އަދި އެ މީހެއްގެ އަވަށަކަށް ނުވަތަ ސިޓީއަކަށް ދެވޭނީ އުސޫލުތައް ފުރިހަމަ ކުރުމަށްފަހު އެވެ.

ގައުމަށް މީހުން ފޮނުވާލުމުގައި އިސްކަން ދޭ ބައެއް ކަންތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި މާބަނޑު މީހުންނާއި، ކުޑަކުދިން އަދި އެކި ބަލިތައް ހުންނަ މީހުން ހިމެނެއެވެ. އަދި އާއިލާގެ މީހެއް ނިޔާވެގެން ގައުމަށް ދާން ބޭނުންވާ މީހުންނަށް ވެސް ހުއްދަތައް ދޫކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: