ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: އައިސީޔޫގައި އޮތް މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި އޮތް މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

ނޭޝަނަލް އިިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި އޮތް މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށާފައިވާކަމަށެވެ. އަދި އެއީ 54 އަހަރުގެ ބިދޭސީއެއް ކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވިދާޅުވި ގޮތުގައި އެމީހާ އަކީ އިތުރު އެއްވެސް ކޭސްއަކާއި ގުޅުމެއް ނެތް މީހެކެވެ. މި ކަމާއި ގުޅިގެން، ޑރ. އަފްޒަލް ވިދާޅުވީ އިތުރު ތަފްސީލެއް އަދި ހާމަކުރެވެން ނެތްކަމަށެވެ.

ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެތެރެއިން، 9 މީހަކަށް ޓްރީ ޓޮޕްގައި ފަރުވާދެމުންދެއެވެ. އެއީ 7 މަހުގެ ތުއްތުތުއްތު ކުއްޖަކު ހިމެނޭހެން 6 ދިވެހިންނާއި، 3 ބިދޭސީންނެވެ.

މީގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި 3 މީހަކަށް ފަރުާދެމުންދާކަމަށް ޑރ.އަފްޒަލް ވިދާޅުވެފައިވެއެވެ.  އޭގެ ތެރޭގައި ހިމެނެނީ މީގެ ކުރިން ވެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުންއައި ދެ މީހެއްގެ އިތުރުން، އިތުރު އަންހެނެއްކަމަށް ވެސް ޑރ.އަފްޒަލް ވިދާޅުވެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް835 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު  30 މީހަކު ވަނީ ރިކަވަރވެފައެވެ.  މީގެ އިތުރުން 03 މީހަކު ނިޔާވެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: