ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ލިންކް ރޯޑް އަލުން ތަރައްގީކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ލިންކް ރޯޑް އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ރޯޓައިމް އިންޖިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓް ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ރޯޓައިމް އިންޖިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޒޫ ވެއިޑޮންގްއެވެ.

މި މަޝްރޫއުގެ ދަށުން ޑީޓުއަރ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާއި ހަމައަށް ލިންކް ރޯޑް 4 ލޭނަށް ފުޅާކޮށް، ލިންކް ރޯޑްގެ 12.3 ކިލޯމީޓަރުގެ މަގު ތަރައްގީކުރުމަށް ވަނީ ކޮންޓްރެކްޓްކޮށްފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ގުޅުވައިދޭ މައި ލިންކް ރޯޑް މަރާމާތުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށް، އަންނަ މަސް ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވީ ޕީއެންސީގެ ކޮންގްރެސްގައެވެ.

މުއްތަލިބު ވިދާޅުވީ، ލިންކް ރޯޑުގެ މަސައްކަތް ހަވާލުކުރުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މި ހަފުތާގެ ތެރޭގައި ނިންމައި، އަންނަ ހަފުތާގައި އެ މަސައްކަތް ކޮންޓްރެކްޓަރަކާ ރަސްމީކޮށް ހަވާލުކުރެވޭނެ ކަމަށެވެ. އަދި މަސައްކަތް ހަވާލުކުރުމާއެކު، އަންނަ މަސް ނިމުމުގެ ކުރިން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ފެށިގެން ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނީ ލިންކް ރޯޑުގެ ހަލާކުވެފައިވާ ބައިތައް މަރާމާތުކޮށް އަލުން ތާރު އެޅުމުގެ މަސައްކަތްތައްކަަމަށް މުއްތަލިބު ފާހަގަކުރެއްވިއެވެ. އެގޮތުން ރަށްތަކުގެ ދެމެދުގައި އޮންނަ ސަރަޙައްދުތަކާއި މަގުގެ އެކި ބައިތަކުގެ ތެރެއިން ހަލާކުވެފައިވާ ތަންތަން ރަނގަޅު ފެންވަރަކަށް އަލުން ތާރު އަޅައި ހަދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: