ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޝަރީޒް މިނިސްޓަރ ޒަޙާ ވަޙީދު ޤާނޫނާއި ޚިލާފުވެވަޑައިގެންފައިވާކަމަށް ނިންމައިފި

ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ފިޝަރީޒް ޒަޙާ ވަޙީދު ޤާނޫނާއި ޚިލާފުވެވަޑައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ނިންމަވައިފިއެވެ.

މިނިސްޓަރު ޒަޙާ ވަޙީދު ޤާނޫނާއި ޚިލާފުވެވަޑައިގެންފައިވާކަމަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، އެ ޤާނޫނުގެ 86 މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތިން ހެދިފައި ނުވާތީ އެ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައެވެ.  

 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، އެ ޤާނޫނަށް އަމަލުކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ހަދައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ބަޔާންކުރަންޖެހޭނެއެވެ. 

މި ގޮތުން ގަވާއިދު ކޮމިޓީގެ ރިޕޯޓުގައި ބުނީ، 16 ސެޕްޓެމްބަރު 2019 ގައި އެ ޤާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، އަދިވެސް އެ ޤަވާއިދުތައް އެކުލަވާލެވިފައިނުވާކަމަށެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، އެ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެއްއަހަރު ދުވަހުގެތެރޭގައި، އެ ޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ މަސްވެރިކަމުގެ ކޮންމެ ބާވަތަކާ ގުޅޭގޮތުން، އެ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ މެނޭޖްމަންޓް ޕްލޭނެއް މިނިސްޓްރީން އެކުލަވައިލަންވާނެކަމަށް ޤާނޫނު ބުނެއެވެ.

މި ގޮތުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، އެ ޤާނޫނުގެ 86 މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތިން ހެދިފައި ނުވާތީ، އެ މައްސަލަ ދިރާސާކުރުމަށްޓަކައި، 11 ފެބްރުއަރީ ގައި ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި، މިނިސްޓަރު ޒަޙާ ވަޙީދު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަންޖެހޭކަމަށް ކޮމިޓީގެ މެންބަރުން ނިންމަވާފައިވާކަމަށް ގަވާއިދު ކޮމިޓީން ބުނެއެވެ. 

ނަމަވެސް، މިނިސްޓަރުގެ މަސައްކަތްތައް ހުރިގޮތުން ކޮމިޓީއަށް ވަޑައިނުގެންނެވޭނެކަމަށް ގަވާއިދުކޮމިޓީއަށް ސިޓީއެއް ފޮނުއްވާފައިވާކަމަށް އެ ކޮމިޓީން ބުނެއެވެ.

މިނިސްޓަރު ޒަޙާ ވަޙީދު އަށް ހާޒިރުވެވަޑައިގެންނެވެން ނެތަތީވެ، މިނިސްޓްރީ އޮފް ފިޝަރީޒް، މެެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭފުޅުންނާއި ބައްދަލުކުރަންވަން ނިންމެވި ކަމަށް ވެސް ގަވާއިދު ކޮމިޓީން ބުނެއެވެ.

އަދި 10 މާރިޗްގައި ބޭއްވި އެ ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި، އެ މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލުކޮށް، މި މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރިކަމަށް ވެސް ގަވާއިދު ކޮމިޓީން ބުނެއެވެ.

މި ގޮތުން އެ ބައްދަލުވުމުގައި ކުރި މަޝްވަރާތަކާއި، މެންބަރުން ފާޅުކުރި ޚިޔާލުތަކާއި، މިނިސްޓްރީން ހިއްސާކުރެއްވި މައުލޫމާތުތަކަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހެދުމަށް ލާޒިމުކޮށްފައިވާ ގިނަ ގަވާއިދުތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ނިމިފައިނުވާކަމަށް ގަވާއިދު ކޮމިޓީން ބުނެއެވެ.

ގަވާއިދު ކޮމިޓީން ބުނީ، ފިޝަރީޒް މިނިސްޓްރީއާއި މމަތިކޮށްފައިވާ މަސްއޫލިއްޔަތެއް، ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި އަދާނުކުރުމުން، އަދި އެ މުއްދަތު ފަހަނައަޅައިދިޔަފަހުން ވެސް މިއަދާއި ހަމައަށް އެ މަސްއޫލިއްޔަތު އަދާކޮށްފައިނުވާތީ، އެ މިނިސްޓްރީން ޤާނޫނާއި ޚިލާފުވެފައިވާކަމަށް ކޮމިޓީން ގަބޫލުކުރާކަމަށެވެ.

އަދި މިނިސްޓަރު ޒަޙާ ވަޙީދު ނަންގަވަންޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވައިފައިނުވާކަމަށް، 8 މެއި ގައި ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމަވާފައިވާކަމަށް ވެސް ގަވާއިދު ކޮމިޓީން ބުނެއެވެ. 

ގަވާއިދު ކޮމިޓީން ހާމަކުރިގޮތުގައި، ރައްޔިތުން މަޖިލީހަށް ފެންނަ ގޮތަކަށް ގޮތެއް ނިންމުމަށްޓަކައި، އެ ކޮމިޓީން އެކުލަވައިލި ރިޕޯޓު މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: