ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓު ހިންގާނެ އައު އިމާރާތް އެޅުމަށް މާލެއިން ބިމެއް ހަމަޖެހިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓު ހިންގާނެ އިމާރާތެއް އެޅުމަށް މި މަހުގެ ތެރޭގައި މާލެއިން ބިމެއް ހަމަޖައްސައިދީފިއެވެ.

ސުޕްރީމް ކޯޓަށް 18 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ އެހެން ކޯޓުތައް ގޮތަށް ސުޕްރީމް ކޯޓަށްވެސް ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށެވެ.

ކޯޓުތަކެއް ހުރުމުގެ ބޭނުމަކީ ރައްޔިތުންނަށް އަދުލު އިންސާފު ފޯރުކޮށްދިނުން ކަމުގައިވާއިރު އެކަން އެކަށީގެންވާ އަވަސްމިނުގައި ކަށަވަރުކުރުމަކީ މިވަގުތު އޮތް ޒިންމާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މުޅި ރާއްޖޭގެ ހުރިހާ ކޯޓެއްގައި 1 އަހަރަށް ވުރެ ގިނަ އަހަރު ވެފައި ހުރި މައްސަލަތައް ނުނިމި ހުރި ސަބަބުތައް ސާފުކޮށް އެ ސަބަބުތައް އެކަށީގެންވާ އަވަސްމިނުގައި ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަމަަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގިނަ މައްސަލަތައް ދިގުލައިގެން ދިޔައީ އެކަށީގެންވާ ސަބަބުތައް ކޯޓުތަކަށް ދިމާވެގެން ކަމަށާއި އޭގެ ތެރޭގައި އިދާރީ ގޮތުން ދިމާވެފައިވާ ދަތިތަކާއި، ނިޒާމީ ގޮތުން ދިމާވެފައިވާ ދަތިތައް ފާހަގަކުރެއްވިއެވެ.

ކޯޓުތަކަށް ދިމާވެފައިވާ ހުރަސްތަތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ އުއްތަމަފަނޑިޔާރު ވިދާޅުވީ މިއަހަރުގެ ޖުލައި މަހު މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި 2028 ވަނަ އަހަރު ޤަޟަޢީ އަހަރުގެ މަސައްކަތް އެ އިމާރާތުގައި ކުރެވޭ ވަރަށް މަސައްކަތް ކުރިއަށް ގެންދެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަން ފާހަގަކުރެއްވި ކަމަށެވެ.

ސުޕްރީމް ކޯޓަށް އަމިއްލަވަންތައް ހިޔާވަހިކަމެއް ލިބުމުގެ އުއްމީދު ލިބިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މި މަހުގެ ތެރޭގައި މާލޭގެ އެންމެ ޕްރައިމް އެއް ލޮކޭޝަނުން ބިމެއް ހަމަޖެހިފައިވާކަމަށާއި ސުޕްރީމް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް އަވަަހަށް ފެށިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: