ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޞިއްޙީދާއިރާއަށް އިތުރަށް ސަމާލުކަން ދިނުމަށް ގޮވާލަން: ނާސިންގ ކައުންސިލް

މިއަދަކީ ދުނިޔޭގެ ނަރުހުންގެ ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުގެ ޙާލަތުން ޢިބްރަތް ޙާޞިލްކޮށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ޞިއްޙީދާއިރާއަށް އިތުރަށް ސަމާލުކަން ދިނުމަށްކަމާއިބެހޭ ފަރާތްތަކަށް މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފްރީ ކައުންސިލްއިން އިލްތިމާސް ކޮށްފިއެވެ. 

މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ނަރުހުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގެ ފަރާތުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި  ޚާއްޞަ ދާއިރާތަކުން ނަރުހުންނަށް ތަޢުލީމާއި ތަމްރީނު ޙާޞިލްކުރުމުގެ މަގުފަހިވެގެން ދިއުމަކީ ޞީއްޙީގޮތުން ކުރަން ޖެހޭ ހޭދައަށް ލުއިކަމެއް ލިބިގެންދާނެ ކަމެއް ކަމުގައި އެ ކައުންސިލް ދެކޭ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. 

ނާސިންގ ކައުންސިލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި  ނަރުހުންނަކީ އަބަދުވެސް  ޞިއްޙީ ގޮތުން ޤައުމަށް  ދިމާވާ ކޮންމެ  ކަމެއްގައި ހިތްވަރާއި ކެރުމާއިއެކު ޚިދުމަތް ދިނުމުގައި  ތަޖުރިބާހުރި ހުނަރުވެރި ނަމޫނާ ބައެކެވެ. ޢާއިލާތަކަށް ދިމާވެފައިވާ މިހިތްދަތި ވަގުތުގައިވެސް އެންމެ ގާތުން ބަލިމީހާގެވާހަކަ އަޑުއަހާ އަދި އެ ޢާއިލާއަށް ހިތްވަރުދޭ ބަޔަކީ ނަރުހުންކަން ކައުންސިލްގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. 

2018  ވަނަ އަހަރުންފެށިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ދުނިޔޭގެ ނަރުހުންގެ ޖަމްއިއްޔާ އަދި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް ގުޅިގެން ލަނޑުދަނޑިތަކެއް ކަނޑައަޅައި  2020 ވަނަ އަހަރަކީ ”ނަރުހުންނާއި މިޑްވައިފުން“ގެ އަހަރުގެ ގޮތުގައި ހަމަޖައްސައި މިއަހަރު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން 2019 އަހަރު ވޯލްޑް ހެލްތް އޮގަނައިޒޭޝަންއިން ބޭއްވި ވޯލްޑު ހެލްތް އެސެންބްލީންވެސް ވަނީ މިކަމަށް ބާރު ދިނުމުގެ ގޮތުން 2020 ވަނަ އަހަރަކީ ”އިންޓަނޭޝަނަލް އިއާރ އޮފް ނާރސަސް އެންޑް މިޑުވައިފް“ ގެގޮތުގައި އިޢުލާންކޮށްފައެވެ. އަދި މިކަންކަން ރާވައި ކުރިއަށް ގެންދިއުމަށް އެކި އެކި ޤައުމުތަގައި ވަނީ ޤައުމީ ފެންވަރުގައި މަސައްކަތްތައް ފަށާފައެވެ. ދިވެހިރާއްޖޭގައިވެސް މިކަން އިފްތިތާހް ކުރުމުގެ ގޮތުން 2019 ވަނައަހަރުގެ ނޮވެންބަރު މަހު ކުލަގަދަ ޙަފްލާއެއް ބާއްވައި ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދް ޞާލިހް ވަނީ އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައެވެ.

 އެހެންކަމުން 2020 ވަނަ އަހަރު ނަރުހުންނާއި މިޑްވައިފުންނަށް ޚާއްޞަވާ  ސަބަބުތައް ގިނަގުނަކަން ނާސިންގ ކައުންސިލްގެ ފަރާތުން ނެރުނު ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އޭގެތެރޭގައި؛ ސިއްޙި ދާއިރާގެ މަސައްކަތްތެރިންގެ ތެރޭގައި ނަރުހުންނާއި މިޑްވައިފުން ހިއްޞާވާ އިންސައްތަ އިތުރުވެފައިވުން ހިމެނެއެވެ.  އެމީހުންގެ ކުރިއެރުމަށް ކުރާހޭދަ އިތުރުކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އިލްތިމާސް ކުރުމާއިއެކު، އެހޭދައަކީ ޞިއްޙީދާއިރާގެ ކުރިއެރުމަށް އެޅޭ ހަރުދަނާ ބިންގަލެއްކަމުގައި ޔަޤިންކޮށްދިނުން ހިމެނެއެވެ. ސިޔާސަތުތައް ކަނޑައެޅުމުގައި އެމީހުން ބައިވެރިކުރުވުމަށް ބާރުއެޅުން ހިމެނެއެވެ. އަދި މަސައްކަތުގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް އަޑުއުފަލަން ޖެހޭ ކަމަށް ރިޕޯޓިގައި ވަނީ ފާހަގަ ކޮށްފައެވެ. 

ނާސިންގ ކައުންސިލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ”ޞިއްޙަތުގެ ކައުނީ ހިޔާ“ގެ ލަނޑު ދަނޑިތަކަށް ވާޞިލްވުމުގައާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ނަރުހުންނާއި މިޑްވައިފުންގެ ބައިވެރިވުން  އެންމެމަތީ ދަރަޖައަށް އޮތްކަން ސާބިތުކޮށްދޭންޖެހެއެވެ.  މުޖުތަމަޢުތަކުން ފެންނަމުންދާ ނަރުހުންނާއި މިޑްވައިފުންގެ އަގުނުކުރެވޭފަދަ ޚިދުމަތްތައް އަންގައިދީ، އެމީހުންގެ ހަރުދަނާ ޝަޚްޞިއްޔަތުތައް ހާމަކުރަން ޖެހޭކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: