ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ 40 މީހަކު ކޮވިޑަށް ޕޮޒިޓިވް: ”އެންމެ ފަހު ވަގުތަށް ވެސް މަސައްކަތް ކުރާނީ ގައުމަށްޓަކައި“

ފްރަންޓްލައިނުގައި މަސައްކަތް ކުރަމުންދާ ސިފައިން: މިހާތަނަށް 40 މީހަކަށް ބަލި ޖެހިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ނުރައްކާ ބޮޑުވަމުން ދާ މިދަނޑިވަޅުގައި، ސިފައިންގެ ތެރެއިން ފްރަންޓްލައިނުގައި މަސައްކަތް ކުރަމުންދިޔަ 40 މީހަކަށް ބަލި ޖެހިފައިވާ ކަމަށާއި، އެހެން ނަމަވެސް މިއީ ފަހަތަށް ޖެހޭނެ ސަބަބެއް ނޫން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާތަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ، މުވައްސަސާއެއްގެ ގޮތުގައި ގައުމީ ދިފާއީ ބާރުން މަސައްކަތް ކުރަނީ އެންމެ ކުރީ ސަފުގައި ކަމަށެވެ. އެހެން ނަމަވެސް ފްރަންޓްލައިންގައި މަސައްކަތް ކުރަމުން ދާ އިދާރާތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނުނު އިދާރާއަކީ ވެސް އެއީ ކަމުގައި ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، ސިފައިންނަކީ އެ މީހުންގެ ނަފުސަށް ދިމާވެދާނެ ގެއްލުމަކަށް ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށެވެ. މާލެ ތެރެއިން އެންމެ ފުރަތަމަ ބަލި ފެނުމާއި އެކު މިއަދާއި ހަމައަށް ވެސް ސިފައިން މަސައްކަތް ކުރަމުން އަންނަނީ ބަލީގެ ނުރައްކާ އެ މީހުންނަށް އޮތް މިންވަރު އެނގިތިބެ ކަމުގައި ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، ރައްކާތެރިކަމަށް ފިޔަވަޅުތަކެއް އެޅިކަމުގައި ވީ ނަމެސް ސިފައިންގެ މަސައްކަތްތައް ހުންނަގޮތުން އަދިވެސް އިތުރު އޮފިސަރުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

”އެންމެ ގިނަ މީހުން ޕޮޒިޓިވްވެ، އެންމެ ބޮޑަށް އެކްސްޕޯސްވި އެއް މުއައްސަސާއެއް މި މުއައްސަސާއަކީ. މިހާރު ވެސް 40 އަށްވުރެ ގިނަ ކުދިން ޕޮޒިޓިވް ވެފައި ތިބިއިރު އަޅުގަނޑުމެން އެކްސްޕެކްޓް ކުރަން އެކަން. އަދިވެސް ޕޮޒިޓިވްވާނެ ސިފައިން،“ ޝަމާލް

ޝަމާލް ވިދާޅުވީ، ބަލީގެ ނުރައްކާ އިތުރުވެފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ސިފައިން ރައްކާތެރި ކުރުމަށްޓަކާ ފޯސް ޕްރޮޓެކްޝަން ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންދެވުނުކަމުގައި ވިދާޅުވިއެވެ. އޭގެ ތެރޭގައި ކަންކަމަށް އަހުލުވެރި ކުރުވުމާއި އައިސޮލޭޓާއި އަދި ކަރަންޓީނު ކުރެވޭނެ އުސޫލަށް ވާހަކަ ދެއްކި ކަމަށެވެ. ޝަމާލް ވިދާޅުވީ ފިޔަވަޅުތައް އަޅަމުންދަނީ އެ މަޝްވަރާތަކުގެ ދަށުން ކަމަށެވެ.

ޝަމާލް ވިދާޅުވީ އާއްމުނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި އެ ނޫންވެސް ކަންކަމުގައި މަސައްކަތް ކުރާއިރު ބޭނުން ކުރަންޖެހޭ ރައްކާތެރިކަމުގެ މާސްކު އަދި އަންގި ސިފައިން ބޭނުން ކުރާ ކަމަށެވެ. ނަމަވެސް އެއީ ނުރައްކަލަށް ހުށަހެނޭޅޭނެ ސަބަބެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.

މާލޭގައި ބަލީގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާއިރު، އާއްމުނަށް ދޭންޖެހޭ އެހީތައް އިތުރުވާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި މިހަފްތާގައި ސާޖަކަށް ދާނެ ކަމަށް ބެލެވޭއިރު ސިފައިން އެންމެ ފަހު ވަގުތާއި ހަމައަށް ވެސް މަސައްކަތް ކުރާނީ ގައުމު މި ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ކަމުގައި ޝަމާލް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ ދިމާވެދާނެ ހާލަތަކަށް ސިފައިން ތައްޔާރު ކަމަށެވެ. އާއްމު ހާލަތަކަށް ރައްޔިތުން ދިއުމަށްޓަކާ ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވެސް ޖެހިލުމެއް ނެތި ކުރާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: