ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ކޮވިޑު ޖެހުނު އިތުރު މީހަކު ބަލީން ރަނގަޅު ވެއްޖެ

ކޮވިޑު ޖެހޭ މީހުންގެ އަދަދު އިތުރުވާއިރު، މާލެއިން ބަލި ޖެހުނު މީހުން ވަނީ ރަނގަޅުވާން ފަށާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އިތުރު މީހަކު ރަނގަޅުވެފައިވާ ކަމަށް ނޭޝަަނަލް އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ބަލިން އެކަކު ރަނގަޅު ވެފައިވާ ކަމަށެވެ. ކޮވިޑް ބަލި ހުރި މީހެއް ބަލިން ރަނގަޅުވެފައިވާ ކަމަށް ކަނޑައަޅަނީ ދެ ސާމްޕަލް ނެގުމަށްފަހު ޑަބަލް ނެގެޓިވް ވުމުންނެވެ. އަދި އެ މީހެއްގެ ސާމްޕަލް ނަގާނީ، ފަރުވާއަށްފަހު ހުރިހާ އަލާމާތެއް ނެތި ދިއުމުންނެވެ.

ބަލިން ރަނގަޅުވެފައި ވަނީ ކޭސް 52 އެވެ. މިއީ މާލޭގައި އެންމެ ފުރަތަމަ ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނޭ ކޭސްއެކެވެ. މިއާއެކު ރާއްޖެއިން ބަލިން ރަނަގަޅުވި މީހުންގެ އަދަދު ވަނީ 32 އަށް އަރައިފައެވެ.

ރޭ ވެސް މާލޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން އެކަކު ވަނީ ރަނގަޅުވެފައެވެ. އެއީ ކޭސް 95 އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: