އަމުރަށް ނުކިޔަމަންތެރިވި 4 މީހަކު ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހާމަކޮށްފިއެވެ.
މި ކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ލޮކްޑައުންގެ އަމުރާއި ޚިލާފުވެ އަންގާރަ ދުވަހު މަގުމައްޗަށް ނިކުމެ އުޅުނު، 4 މީހުން ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި އެއްވެސް ހުއްދައެއްނެތި މަގުމައްޗައް ނިކުމެ އުޅުނު 151 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް، ފުލުހުން ހާމަކުރެއެވެ.
ފުލުހުން އިތުރަށް ބުނީ، މާލޭސިޓީ ލޮކްޑައުންގެ ހާލަތަށް ގެނައިފަހުން، އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުތް މީހުންގެތެރެއިން، މިހާތަނަށް 197 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.
ލޮކްޑައުންގެ އަމުރާއި ޚިލާފުވެގެން އަންގާރަ ދުވަހު 151 މީހަކު ޖޫރިމަނާކޮށްފައިވާއިރު، ހޯމަދުވަހުގައި ދުވަހުވެސް 137 މީހަކު ޖޫރިމަނާކޮށް، 6 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއްވެސް ހުއްދައެއްނެތި މަގުމައްޗަށް ނިކުމެ އުޅުން މަނާކުރި ނަމަވެސް، ޢާންމު ގޮތެއްގައި ކޮންމެދުވަހަކު ވެސް، 100 އަށްވުރެ ގިނަމީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ގޮތަށް މަގުމައްޗަށް ނިކުމެއުޅޭ މީހުން ޖޫރިމަނާކުރުމަށް ސަރުކަާރުން ނިންމަވާފައިވަނީ، 1000 ރުފިޔާއިންނެވެ. މި ގޮތުން ބަލާއިރު، އަންގާރަ ދުވަހުގައި ވެސް 151,000 ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

