ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ ޢުމުރުން ދުވަސްވީ ޤައިދީއަކު ނިޔާވެއްޖެއެވެ.
ރޭގެ ފަތިހުގެ ވަގުތެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ކުރި ޓްވީޓެއްގައިވަނީ މި ކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ގޮތުން އަޙްމަދު މުޙައްމަދު ވިދާޅުވީ، ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ހިނގާބިނގާ ނޫޅެވޭ ޙާލުގައިވާ 92 އަހަރުގެ މީހަކު ރޭގެ ވަގުތެއްގައި ނިޔާވެފައިވާކަމަށެވެ.
ނަމަވެސް އެ މީހާ ނިޔާވީ ކޮންސަބަބަކާހުރެ ކަމެއް އަޙްމަދު މުޙައްމަދު ހިއްސާކުރައްވާފައެއް ނުވެއެވެ.
https://twitter.com/ahumadhumohamed/status/1260357493194133504?s=19
މި މީހާ ނިޔާވުމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނަށާއި، ފުލުހުންނަށާއި، ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށް ވެސް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

