މާލޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް އިތުރު 13 މީހަކު ރާއްޖެއިން ޕޮޒިޓިވްވެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 968 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕޯއޭ) އިން ކުރި ޓުވިޓެއްގައި ބުނެފައިވާ ގޮތުގައި މިއަދު މެންދުރު 1:00 އާއި ހަމައަސް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެމެނީ އަށް ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުންނެވެ.
https://twitter.com/HPA_MV/status/1260844342299824129
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 40 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ހަތަރު މީހަކު ވަނީ މަރުވެފައެވެ.
ކޮރޯނާ ވައިރަސް މާލޭގައި އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު މާލޭގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ވަނީ މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ވަނީ އިތުރުކޮށްފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.

