ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: ބާޒާރުކުރުމަށް ދޫކުރެވިފައިވާ ހުއްދަތަކަށް ބަދަލެއްގެނެސްފި

އެއްވެސް ހުއްދައެއްނެތި މަގުމައްޗަށް ނިކުމެފައިވާ އެތައްބަޔަކު މިހާތަނަށް ހައްޔަރުކޮށްފަައިވާކަން ފާހަގަކޮށްލެވޭ. ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ލޮކްޑައުންކުރުމާއި ގުޅިގެން، ބާޒާރުކުރުމަށް ދޫކުރެވިފައިވާ  ހުއްދަތަކަށް، މިއަދުން ފެށިގެން ބަދަލެއްގެނެސްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

މި ކަން ހާމަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން، މިއަދު ކުރި ޓްވީޓެއްގައި ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި، ބާޒާރަށް ދެވޭނީ ހަފްތާއަކު އެއްފަހަރުކަމަށެވެ.

ނަމަވެސް، ބާޒާރުކުރުމުގެ ހުއްދައަށް އެދި ރަޖިސްޓްރީކޮށްފައިވާ މީހުން، އަލުން ރަޖިސްޓްރީކުރަން ނުޖެހޭނެކަމަށާއި،
ކަނޑައެޅިފައިވާ އާ ގަޑިތައް، އާ މެސެޖެއްގެ ޒަރީޢާއިން ލިބޭނެކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންކުރުމުގެ ސަބަބުން، ވިޔަފާރިކުރަން ދިއުމުގެ ހުއްދަ މީގެކުރިން ދީފައިވަނީ، ހަފްތާ ދެފަހަރުއެވެ. އެއީ ގަޑިއެއްގެއިރަށް، ކޮންމެ ގޭބީސީއަކުން ވެސް އެކަކަށެވެ.

ބާޒާރުކުރުމަށް މީގެކުރިން ދޫކޮށްފައިވާ ހުއްދައެއް

ނަމަވެސް ޒަރޫރީ ބޭނުމެއްޖެހިއްޖެ ހިނދެއްގައި، ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ބޭރަށް ނިކުތުމުގެ ހުއްދަ ކޮންމެ މީހަކަށްވެސް ލިބޭނެކަމަށް މީގެކުރިން ފުލުހުން ހާމަކޮށްފައިވެއެވެ.

އެހެނަސް އެއާއި ޚިލާފަށް އެއްވެސް ހުއްދައެއްނެތި، މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާކަމެއްކަމުގައްޔާއި، އެ ގޮތަށް ނިކުމެ އުޅޭ މީހުން ޖޫރިމަނާކުރާނެކަމަށް ފުލުހުން ވަނީ، ތަކުރާރުކޮށް އެތައްފަހަރެއްގެ މަތިން އަންގާފައެވެ.

މި ގޮތުން، އެއްވެސް ހުއްދައެއްނެތި، މަގުމައްޗަށް ނިކުމެފައިވާ އެތައް ބަޔަކު ޖޫރިމަނާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އޭގެ އިތުރަށް އެ އަމަލު ތަކުރާރުކޮށްފައިވާ އެތައް ބަޔަކު ހައްޔަރުކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: