4 މީހުންނާއެކު ކާށިދޫން މާލެއަށް ދަތުރުކުރި ދޯންޏެއް ވެސްޓްޕާކްއާއި ދިމާ ތޮށިގަނޑަށް އަރައިފިއެވެ.
މި ކަން ހާމަކޮށް އެމްއެންޑީއެފުން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، 4 މީހުންނާއެކު ކާށިދޫން މާލެއަށް ދަތުރުކުރި ދޯންޏެއް ވެސްޓް ޕާކްއާއި ދިމާގެ ތޮށިގަނޑަށް އެރިކަމުގެ ރިޕޯޓް މިއަދު މެންދުރުފަހު 13:00ހާއިރު ލިބިގެން އެތަން ލިބިފައިވާކަމަށެވެ.
މި ދޯންޏަކީ، ”މިންވަރު“ ކިޔާ ދޯންޏެއްކަމަށާއި، މި ދޯނި، ވެސްޓް ޕާކްއާއި ދިމާގެ ތޮށިގަނޑަށް އަރާފައިވަނީ، އޭގެ އިންޖީނު ހުއްޓުމުގެ ސަބަބުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ޚަބަރު ލިބުމާއެކު އެމްއެންޑީއެފުގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭންފަށައިފައިވާކަމަށް ވެސް، އެމްއެންޑީއެފުން ބުނެއެވެ.

