ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން 580 ޓަނުގެ އެހީގެ ޝިޕްމަންޓް ކްލިއަރކޮށް ނިމިއްޖެ: އެސްޓީއޯ

ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން 580 ޓަނުގެ އެހީގެ ޝިޕްމަންޓް 3 ދުވަސްތެރޭގައި ކްލިއަރކޮށް ނިމިފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ، ކޮރޯނާ ވައިރަހާއި ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ، ކާޑުގެ ބާވަތްތަކާއި، ކާބޯތަކެތީގެ އެހެނިހެން ބައެއް ބާވަތްތައް ހިމެނޭ 580 ޓަނުގެ ޝިޕްމަންޓް ކްލިއަރކޮށް މިހާރު ނިމިފައިވާކަމަށެވެ.

އިންޑިއާގެ ”ސެކިއުރިޓީ އެންޑް ގްރޯތު ފޯރ އޯލް“ ގެ ދަށުން، މި އެހީ ހިފައިގެން، އެ ޤައުމުގެ އަސްކަރީ މަނަވަރެއް އައިސްފައިވަނީ، މި މަހުގެ 12 ވަނަ ދުވަހުއެވެ.

އެ ދުވަހު ގެނައި ޝިޕްމަންޓުގެޝިޕްމަންޓުގައި ހިމެނޭ ކާޑުގެ ބާވަތްތަކުގެތެރޭގައި، 200 ޓަނުގެ ހަނޑުލާއި، 140 ޓަނުގެ ގޮދަން ފުށާއި، 90 ޓަނުގެ ހަކުރު ހިމެނެއެވެ.

މީގެ އިތުރުން، 120 ޓަނުގެ ރީނދޫ މުގާއި، 14 ޓަނުގެ އަލުތްވާއި، 26 ޓަނުގެ ފިޔާ ވެސް އެ ތަކެތީގެތެރޭގައި ހިމެނެއެވެ.

ކްލިއަރކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އެސްޓީއޯއިންވަނީ، އެ މަސައްކަތްތަކުގައި ބައިވެރިވެފައިވާ އެ ކުންފުނީގެ ސްޓޭޕަލް ޓީމާއި، ޑެލިވަރީ ޓީމާއި، ކްލިއަރަންސް ޓީމަށް މަރުހަބާ ކިޔާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: