ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެސްޓިން ކެޕޭސިޓީ ދަށްވުން: ސާރީ ކޭސްތަކާއި، ފްލޫ ކްލިނިކްގެ އަދަދުތަކުން ސާޖެއް އަތުވެއްޖެ ނަމަ އެކަން ދެނެގަނެވޭނެ!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސާޖެއް އަތުވެއްޖެ ނަމަ ފުލޫ ކްލިނިކްއަށް ދާ މީހުންގެ އަދަދުތައް އިތުރުވެ ސާރީ ކޭސްތައް އިތުރުވާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ރޭ ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލި ފެތުރުން ވަރަށް ބޮޑުތަނުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި އަންދާޒީ ހިސާބުތަކާއި އެއްވަރަށް އަދަދުތައް އިތުރުވެގެން ގޮސްދާނެ ކަމަށް މިހާރު ނުބެލެވޭ ކަމަށާއި، ބަލި ޖެހޭ މިންވަރު މަތިވާނެ ކަމަށް ބެލެވެނީ ވަރަށް ކުޑަކޮށް ކަމަށެވެ.

ލޮކްޑައުންގެ ސަބަބުން ބަލީގެ ކާވް ވަރަށް ބޮޑުތަނުން ދަށް ކުރެވިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެހެން ކަމުން ސާޖްއެއް އަންނާނީ ވަރަށް ދަށްކޮށް ކަމަށް އުންމީދު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަކް ވިދާޅުވީ ޓެސްޓި ކެޕޭސިޓީ އިތުރު ނުކުރި ނަމަވެސް އެހެން ގޮތްގޮތުން ސާޖެއް އަތުވެއްޖެނަމަ އެކަމެއް އިނގޭތެ ތަފާތު ގޮތްތަކެއް ހުންނާނެ ކަމަށް ތެގް ޓީމުން ލަފާ ދީފައިވާ ކަމަށެވެ. ނަމަވެސް ސާޖެއް އައިކަން ޔަގީން ކުރެވޭނީ ޓެސްޓިން އިތުރުކޮށްގެން ކަމަށެވެ.

”ސާޖެއް އަންނަ ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެންގެ މި ޓެސްޓިން ކެޕޭސިޓީ ހަމަ މިގޮތަށް ހުއްޓަސް އެހެން ދިމަ ދިމާލުން، އެއީ ސަރޮގޭޓް އިންޑިކޭޓާސް އޭ މިކިޔާ ދިމަ ދިމާލުން އަޅުގަނޑުމެންނަށް އެނގޭ އެ އިތުރު ވަންޏާ. އެހެންވީމާ އެގޮތަށް އިތުރުވާކަމަށް ފެންނަންޏާ އަޅުގަނޑުމެންގެ ޓެސްޓިން ވެސް އިތުރަށް ފުޅާ ކުރެވިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން“ ޑރ. އަފްޒަލް

ޑރ. އަފްޒަލް ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތްގޮތަކީ ވެކްސިނެއް ތައްޔާރު ކުރެވިއްޖެނަމަ، އެ ގައުމެއްގެ އާބާދީއަކަށް ވެކްސިން ދިނުން ކަމަށެވެ. ނަމަވެސް ކޮވިޑަށް އަދި މިހާތަނަށް ވެކްސިނެއް ހޯދިފައި ނުވާއިރު ބަލި ކޮންޓްރޯލްގައި އޮވެ ފަރުވާއެއް ލިބުމަކީ މުހިންމުކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ. އެންމެ ބޮޑު އަމާޒަކީ ވެކްސިނެއް ލިބެންދެން ހާލަތު ކޮންޓްރޯލްގައި އޮތުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑު ފެތުރޭނެ ކަމަށް ލަފާކޮށްފައިވާ މިންވަރަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެކަން ބިނާވާނީ ފިޔަވަޅުތައް ތަންފީޒު ކުރެވޭ މިންވަރަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ޑރ. ޝިނާ މޫސާގެ ޕްރޮޖެކްޝަންތައް ދައްކާގޮތުން މި މަސް ނިމޭއިރު ޕީކެއް އަންނާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ އަދަދު 6،000 އަށް އަރާނެ ކަމުގައި ވަނީ ލަފާކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ޓެސްޓިން ކެޕޭސިޓީ އިތުރު ކުރަންޖެހޭ ކަމަށެވެ. އަދި އެ އަދަދު އިތުރު ކުރެވިއްޖެނަމަ މިހާލަތުގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 300 އަށް އަރާނެ ކަމަށެވެ.

ރާއްޖޭގައި، އެއްވެސް އަލާމާތެއް ނެތި ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުކަން ފާހަގަކުރައްވާ ޑރ. ޝީނާ ވިދާޅުވީ އޭގެ ސަބަބުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަލާމާތެއް ނެތް މީހެއްގެ ފަރާތުން އެހެން މީހަކަށް އެ ބަލި ޖެހި، އަދި އެ މީހާގެއް ފަރާތުން އަނެކާއަށް ބަލި ޖެހި ޓްރާންސްމިޓް ވަމުން ދާނެ ކަމަށެވެ. މި ސަބަބާއި ހުރެ، ޓެސްޓުކުރުން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމުގައި ޑރ. ޝީނާ ވިދާޅުވިއެވެ.

ޓެސްޓިން ކެޕޭސިޓީ އެ ހުންންޖެހޭ ވަރަށް ވުރެ ދަށްކަމުގައި ވާނަމަ، ބަލި ޖެހިފައި ހުންނަ މީހާ ދެނެގަނެވޭއިރު އޭނާގެ މުޅި ހަށިގަނޑަށް ބަލި ފެތުރިފައި ހުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. އަދި ނަތީޖާއެއްގެ ގޮތުން ޕޭޝަންޓެއް ޓްރޭސްވާއިރު އޭނާގެ ސިއްހީ ހާލަތު ހުންނަނީ ގޯސްވެފައި ކަމުގައި އޭނާ ވިދާޅުވިއެވެ. ފަރުވާ ދޭން ފަށާއިރު އެ މީހެއްގެ ހާލު ގޯސްވެފައި ހުރުމުގެ ފުރުސަތު އޮތުމަކީ، ބަލީގައި މީހުން މަރުވާ ނިސްބަތް އިތުރުވެދާނެ ސަބަބެއްގެ ގޮތުގައި ޑރ. ޝީނާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޝަންއަށް އިޝާރާތް ކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ އަންދާޒާތައް ފެއްޓިއިރު އަދަދުތައް ހުރީ ”އެތައް ހާހެއްގައި“ ކަމަށެވެ. އެހެން ނަމެސް ލޮކްޑައުންއާއި ގުޅިގެން ޕްރޮޖެކްޝަން ދަށް ކުރެވޭ ކަމުގައި ވިދާޅުވިއެވެ.

”ހަގީގަތުގައި ސާޖެއް އައިސްފިނަމަ، ހަމަގާއިމުވެސް އެނގޭނެ ސަރޮގޭޓް އިންޑިކޭޓާސް އިން. މާނައަކީ ސަވަޔަލެންސް އެކަނި ނޭނގުނު ނަމަވެސް، ސާޖެއް އައިސްފިނަމަ ގައުމުވެސް ފުލޫ ކްލިނިކަށް ދާ އަދަދުތައް އިތުރުވާނެ. މީގެ އިތުރުން ސާރީ ކޭސްތައް، މާނައަކީ އެޑްމިޓް ކުރެވިގެންދާ ކޭސްތައް އިތުރުވެގެން ދާނެ“ ޑރ. އަފްޒަލް

ލޮކްޑައުންގެ ތެރޭގައި އާއްމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑރ. އަފްޒަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: