މޫސުމާބެހޭ އިދާރާއިން ރާއްޖޭގެ ބައެއް އަތޮޅުތަކަށް އޮރެންޖް އިންޒާރުދީފިއެވެ.
މޫސުމާއި ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ދާދި ދެންމެއަކު ބުނީ، މިއަދު 17:00 އިން ފެށިގެން، އިރުއޮއްސި 19:00 އާއި ހަމައަށް ބ.އަތޮޅާއި، ފ.އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް އޮރެންޖް އިންޒާރު ދީފައިވާކަމަށެވެ.
މީގެ އިތުރުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނީ، އެ އަތޮޅުތަކަށް ޢާންމު ގޮތެއްގައި، ގަޑިއަކު 34 މޭލާއި، 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.
އަދި ކަނޑުތައް ގަދަވާނެކަމަށް ވެސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހާމަކުރެއެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ބައެއް ރަށްރަށަށް އެކިވަރުގެ ގެއްލުންތައްދަނީ ލިބެމުންނެވެ. މި ގޮތުން ބުރާސްފަތި ދުވަހުގައި އައްޑޫ ސިޓީގެ 151 ގެއެއްގައި ފެންބޮޑުވެފައިވެއެވެ. މީގެ އިތުރުން މިއަދު ކުރި ވިއްސާރައިގައި، މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުގައި ހުރި، ބައެއް ގަސްގަހާގެހި ވެއްޓި އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ހަމަ އެހެންމެ ކ.ކާށިދޫން ފުރައިގެން މާލެއަށް ދަތުރުކޮށްފައިއައި ”މިންވަރު“ ދޯނީީގެ އިންޖީނު ހުއްޓި، ވެސްޓް ޕާކާއި ދިމާ ތޮށިގަނޑަަށް އަރައި ހިނދުކޮޅެއްގެތެރޭގައިި ފުނޑުފުނޑުވެފައިވެއެވެ.

