ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭމަހުގެ ރީޑިންނެގުމަށްޓަކައި، ކަރަންޓް މީޓަރުގެ ފޮޓޯއެއް ފޮނުވަން ސްޓެލްކޯއިން އެދިއްޖެ

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހިނގާ މޭމަހުގެ ވެސް ރީޑިންނެގުމަށްޓަކައި، ކަރަންޓް މީޓަރުގެ ފޮޓޯއެއް ފޮނުވަން ސްޓެލްކޯއިން އަންގައިފިއެވެ.

ސްޓެލްކޯ އިން އާދިއްތަ ވިލޭރޭ ނެރުނު ބަޔާނުގައި، ބުނީ، ކޮވިޑް-19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތުގައި، މީޓަރުގެ ރީޑިން ނަގަން ގޭގެއަށްވަދެ އުޅުމަކީ، ގޭގޭގައި ދިރިއުޅޭ ފަރާތްތަކަށާއި،  އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް ރައްކާތެރި ގޮތެއްކަމަށް ނުފެންނަކަމަށެވެ.

އެހެންކަމުން، މި ދަނޑިވަޅުގައި ވެސް، މީޓަރުތަކުގެ ފޮޓޯ ނެގުމަށްފަހު، އެ ކުންފުނީގެ ވެބްޕޯޓަލްއަށް ފޮނުވުމަށް އަންގާކަމަށެވެ. 

މި ގޮތުން، މި މަހުގެ ބިލް ތައްޔާރުކުރުމަށްޓަކައި، މީޓަރުގެ ފޮޓޯނެގުމަށްފަހު، މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން  އެ ކުންފުނީގެ ވެބް ޕޯޓަލް www.stelco.com.mv/smr އަށް ފޮނުވުމަށް ސްޓެލްކޯއިންވަނީ އެދިފައެވެ.

އަދި ފޮޓޯތައް ފޮނުވުުމުގައި، އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ނުފޮނުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފައިވެއެވެ. 

މި މަހުގެ ރީޑިންނެގުމަށްޓަކައި، މީޓަރުގެ ފޮޓޯތައް ފޮނުވަން ސްޓެލްކޯއިން އެދިފައިވާއިރު، ހުސްވި އޭޕްރީލްމަހުގައި ވެސް، ގެންގުޅެފައިވަނީ މި އުސޫލެވެ.

‏ސްޓެލްކޯއިން މިއަދު ބުނިގޮތުގައި، މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ރީޑިންގ ނެގުމަށް މީޓަރުގެ ފޮޓޯ، ވެބް ޕޯޓަލް މެދުވެރިކޮށް ނުފޮނުވޭ ފަރާތްތަކަށް ލިބޭނީ އެވްރެޖް ބިލެއް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: