ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނުނެގެނީ ގާނޫނެއް ނެތިގެން ނޫން، ނެތީ އެކަމުގެ ނިޔަތް: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލު އަޙުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނުނެގިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށާއި އެކަމުގެ ނިޔަތް ސަރުކާރުގެ ވެރިންގެ ކިބައިގައި ނެތުމުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި މީކާއިލް ވިދާޅުވީ، ވައްކަން ކޮށްގެން ހޯދާ މުދަލެއް ދައުލަތަށް ނުނެގިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށެވެ. މީގެ ކުރީ ސަރުކާރުތަކުން އެތައް އާ ބިލުތަކެއް ހުށަހަޅާފައިވާ ކަމަށާއި އެކަންކަން ތަންފީޒުނުވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

”ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ދައުލަތަށް ނުނެގިގެން މި އުޅެނީ ގާނޫނެއް ނެތިގެނެއް ނޫން. އެހެންނަމަވެސް، އިއްޒަތްތެރި ރައީސް، މި އުޅެނީ ތަންފީޒުކުރާނެ ވިލް ސަރުކާރުގެ އިސްވެރިންގެ ގައިގައި ނެތީމަ.“

އޭގެ އިތުރުން، އެކަން ތަންފީޒުކުރަން ތިބި ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ ފެންވަރާ މެދު ވިސްނާލަންޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ފާޅުގައި އުޅުނު މީހުން ހައިކޯޓު ފަދަ ތަންތަނަށް އައްޔަންކުރާއިރު، އެކަން މައްސަލައަކަށް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރުގެއިން ހުރިހާ ކަމެއް ވެސް ނިންމަމުން އަންނަނީ ސަރުކާރުން އަންގާ ގޮތަށް ކަމަށާއި އެއާ ހިލާފަށް އެއްވެސް ކަމެއް ނުކުރާކަމަށް މީކާއިލް ތުހުމަތުކުރެއްވިއެވެ.

މި ސަރުކާރުގައި ވެސް ބައެއް ގޭގެއަށް ފުލުހުން ރެއިޑު ޖަހައި ފަސްް ލައްކައިން ނުވަތަ މިލިއަނުން ފައިސާ އަތުލި ކަމަށް މީކާއިލް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އަލުން އަނބުރާ އެ ފައިސާތައް ވެސް ދީފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މީކާއިލް ވިދާޅުވީ، ދުވާލަކު އެއްފަހަރު ވެސް މަޖިލީހަށް ބިލެއް ފޮނުވިދާނެ ކަމަށާއި ނަމަވެސް، އިހްލާސްތެރިކަމެއް ފެންނާނީ އެއިން މުދަލެއް ދައުލަތަށް ނެގިގެން ކަމަށެވެ.

މާލޭގެ މަގުތަކުން ދާއިރު، ދުވަހަކު ނުފެންނަ ބޮޑެތި ރެސްޓޯރެންޓުތަކާއި ފިހާރަތައް ހުންނަ ކަމަށާއި އެ ތަންތަނުގެ ވިޔަފާރީގެ ޝީޓުތައް ބަލާއިރު، ވަރަށް ބޮޑަށް ފައިދާވާ ކަމަށް ފެންނަން ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކިހިނެއް ވާ ކަމެއް ކަން އެންމެނަށް ސާފު ކަމަށާއި ނަމަވެސް، އެއިން މުދަލެއް ދައުލަތަށް ނެގޭ ތަނެއް ނުފެންނަ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: