ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ ބިލެއް ހުށައެޅުމަކީ ކޮރަޕްޝަން ނައްތާލެވޭނެ ކަމެއް: އިބްރާހިމް ހުސެއިން

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ ބިލެއް ހުށައެޅުމަކީ ރާއްޖޭގައި ކޮރަޕްޝަން ނައްތާލެވޭނެ ކަމެއް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާ އިބްރާހިމް ހުސެއިން ވިދާޅޫވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި މެމްބަރު ހުސެއިން ވިދާޅުވީ، ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރައިގެން ދާނީ އެ ގައުމެއްގައި ކޮރަޕްޝަން ނައްތާލެވިގެން ކަމަށެވެ. ރައްޔިތުން ދާ އޮހޮރުވައިގެން ހޯދާ ފައިސާކޮޅު ވަކި ބަޔަކު ބާރުގެ ބޭނުންކޮށްގެން އެ ބޭނުންކުރަން އޮތް އޮތުން ނިމުކަމަށް ގެންނަންޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އެފަދަ ބިލެއް ހުށައެޅުމަކީ ރާއްޖޭގައި ކޮރަޕްޝަން ނައްތާލެވޭނެ ކަމެއް ކަމަށާއި، އޭގެ ގިނަގިނަ މަންފާތަކެއް ކުރާނީ ރައްޔިތުންނަށް ކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް ފެންނަ މަންޒަރަކީ ނުހައްގު މުއްސަނދިކަން ހޯދައި، އެ ނާޖާއިޒް ގޮތުގައި ބޭނުންކޮށް ބަޔަކަށް އޭގެން މަންފާ ބެހިގެން ދިޔުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

”އެމްއެމްޕީއާރުސީއަށް ބަލާލާއިރުގައި އެތައް ހާސް މިލިއަން ރުފިޔާއެއް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައި. އަޅުގަނޑުމެން މިފަދަ ކަންތައްތަކާއި މެދުގައި ވިސްނާލަން ޖެހޭނެ. ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރައިގެން ދާނީ އެ ގައުމެއްގައި ކޮރަޕްޝަން ނައްތާލެވިގެން. ފައިސާއަށް ބަލާއިރު، ޑިޖިޓަލް ކަރަންސީއަށް އެބަ ޖެހޭ ބަދަލުކޮށްލަން. އަޅުގަނޑުމެންނަށް އޭރަށް މި ފައިސާއެއް ނުގެންގުޅެވޭނެ އެއްނޫންތޯ، ކޮންމެ މީހަކަށްވެސް ފެންނާނީ ނަމްބަރެއް ނޫންތޯ،“

މެމްބަރު ހުސެއިން ވިދާޅުވީ، ވިސްނަންވީ މިއަދު ލިބޭ މޮޅަށް ނޫން ކަމަށާއި، ވިސްނަންވީ ދެ ދުނިޔޭގެ ބާއްޖެވެރިކަމަށް ކަމަށެވެ. މުދާ ހޯދުނު ގޮތާއި ބެހޭގޮތުން ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށާއި، އެ ދުވަހުން ދޭނެ ޖަވާބެއްވެސް ނޯންނާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެންމެންވެސް ވާޖެހޭނީ ރައްޔިތުންނާއި ގައުމު ކުރިއަރުވައި ބަޔަކަށް ކަމަށެވެ.

މެމްބަރު ވިދާޅުވީ ވައްކަންކޮށްގެން ހޯދާ ފައިސާއިން އާއިލާއަށް ހަރަދު ކުރި ނަމަވެސް އެކަމަކުން ވާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އަދި މެމްބަރު ވިދާޅުވީ ގައުމު ގައުމެއްގެ ގޮތުގައި ކުރިއަރައި ދާނީ އެފަދަ ސަބަބުތަކަށް ޓަކައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: