ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކީރިތި ރަސޫލާ އާއިމެދު، ރައީސް ނަޝީދު އިހާނެތި ބަސް ބުނެފައިވާކަމަށް، ދޮގު އިލްޒާމުއެޅުވި މައްސަލައިގައި ދަޢުވާކުރަން ނިންމައިފި

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމައާއިމެދު އިހާނެތި ބަސް ބުނެފައިވާކަމަށް، އެ މަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމުއަަޅުވައި އިންޓަވިއުދިން މައްސަލަ، ތަޙުޤީޤުކޮށް ދަޢުވާކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ނިންމައިފިއެވެ.

މި ކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، ރައީސް ނަޝީދާއިމެދު މި ރަމަޟާން މަހުގެ ފަހު ދިހައިގެ މަތިވެރި ދުވަސްތަކުގައި، ރ.އަނގޮޅިތީމު ޖީޒާގޭ ޢަލީ އިބްރާހިމް ދެއްކި ދޮގުވާހަކަތައް ތަޙްޤީގުކޮށް އޭނާއާއި އޭނާގެ އިންޓަރވިއު ގެނެސްދިން މީޑިއާއާއިމެދު ޖިނާއީ  ދައުވާކުރުމަށް ޕީޖީއަށް ފޮނުވުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވާކަމަށެވެ.

މި ގޮތުން ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާޢަތުގެ 10 ވަނަ މާއްދާގެ ދަށުން ފުލުހުންނަށް މައްސަލަ ހުށަހެޅުއްވުމަށް، ރައީސް ނަޝީދު ނިންމަވާފައިވާކަމަށެވެ. 

ޤާނޫނުލް ޢުޤޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ (5) ގައި ބަޔާންކޮށްފައިވަނީ “ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެއްކަމަށެވެ.

މި ގޮތުން، ރ.އަނގޮޅިތީމު ޖީޒާގޭ ޢަލީ އިބްރާހިމް ދައްކާފައިވާ ވާހަކައަކީ، މި ފަދަ ކުށަކަށްވާއިރު، ރަމަޟާން މަހުގެ ފަހުދިހައިގައި މި މައްސަލަ ކުރިމަތިކުރުވި ބަޔަކު އެކަން އެކުރަނީ، މި މާތް މައްސަރުގައި، ރައީސް ނަޝީދު ޤަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައިކަމަށް، ރައީސް ނަޝީދު ފާހަގަކުރައްވާކަމަށް މަޖިލީހުގެ ބަޔާނުގައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: