ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންނަށް ލުޔެއް ދިނުމަށް ސަރުކާރުން ތައްޔާރުވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުން އަށް ލުއިދިނުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭހެއް ފެނުމާއެކު އެބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލެ 24 ގަޑި އިރަށް ލޮކްޑައުންކުރިއެވެ. އަދި އޭގެ ފަހުން ކޮންމެ 14 ދުވަހަކުން އެ މުއްދަތު އައީ އިތުރު ކުރަމުންނެވެ.

ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ރޭ ވިދާޅުވީ ނިއު ނޯމަލްއެއްގައި ކަންކުރާނެ އުސޫލުތައް އެކުލަވާލަމުންދާ ކަމަށެވެ.

ލޮކްޑައުން އަށް ލުއިދިނުމަށް ސަރުކާރުން ވަމުންދާ ތައްޔާރީތަކުގައި މިސްކިތްތަކާއި ސްކޫލުތައް އަދި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާލުމާ ގުޅޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި މާލޭގައި ލޮކްޑައުންގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެވިއްޖެއެވެ. ނަމަވެސް ލޮކްޑައުންގެ ލުއި ވާންޖެހޭނީ ކަންކަން އަތުން ކައްސާލައިގެން ނުދާނެ، ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮއްސުންލައިގެން ނުދާނެ ގޮތަކަށް ކަމަށް އަމީން ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތު ގޯސްވެގެން ނުދިޔައީ ރައްޔިތުން އިރުޝާދުތަކަށް ތަބާވެ، ދުރާލާ ތައްޔާރުވުމުން ކަމަށާއި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންނަށް އޮތް ތަކުލީފު ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި ބަލި ފެތުރިގެން ހިނގައިދާނެ ކަމަށެވެ. އަދި އެކަމަށް ސަމާލުވާން ޖެހޭ ކަމަށާއި ލޮކްޑައުން ލުއިކޮށް ހުޅުވާލެވޭ ވަގުތަކީ ނާޒުކު ވަގުތެއް ކަމަށްވެސް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން މީހުން އަރައި ފޭބުން 30 ދުވަަށް ވުރެ ގިނަ ދުވަސް ވަންދެން ހުއްޓިފައިވާ ރަށްތަކަށް ލުއި ދިނުމަށް ވާހަކަ ދައްކަމުންދާ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދި މާލެއަށް ބަލި ފެތުރުނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށް ކަމަށްވެފައި ރަށްރަށަށް އެފަދަކަމެއް ދިވާމެދާނެ ކަމަށް ތައްޔާރުވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: