ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމަށް ސަމާލުވެ ރައްކާާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް ސަމާލުވެ ރައްކާާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.

މޫސުމަށް ސަމާލުވެ ރައްކާާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައި މިވަނީ، މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހޭނެކަމަށާއި، ވައިގަދަވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްއިން ލާފަކޮށްފައިވާތީކަމަށް ފުލުހުން ބުނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްއިން މިހާރުވަނީ މުޅި ރާއްޖެއަށް ރީނދޫ ސަމާލުނެރެފައެވެ.  

މީޓިއޮރޮލިޖިކަލް ސަރވިސްއިންވަނީ، ބޯކޮށް ވާރޭވެހުމާއި ގުގުރުމާއެކު ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.

މި ގޮތުން އަންގާރަވިލޭރޭގައި ފުލުހުން ބުނީ،ކަނޑުދަތުރުކުރާ މީހުންގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި  ކަންތައްތައް ފުރިހަމަ ކުރެވިފައިވާކަން ޔަޤީންކުރުމަށް ހަނދާންކޮށްދޭކަމަށެވެ. 

ފުލުހުންވަނީ، ދަތުރަށް ފަށާއިރުގައި މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓުފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަޤީންކުރުމަށް ވެސް އެދިފައެވެ. 

މީގެ އިތުރުން ފުލުހުންވަނީ، މުދާ އުފުލާ އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި، ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ އިތުރު ނުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ. 

އަދި ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި، ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭނެހެން ބެހެއްޓުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ފުލުހުން ހާމަކުރިގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުން ފަޅުތެރޭގެ އޮޔަށް ބަދަލު އައިސް، އޭގެ ގެއްލުންތައް އުޅަނދުފަހަރަށް ދަނީ ލިބެމުންނެވެ.

މި ގޮތުން ފަޅުގައި އުޅަނދުފަހަރު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ނަގިލި ކަހާލުންފަދަކަމެއް ދިމާވެދާނެ ކަމަށް ސަމާލުވެ، އުޅަނދުފަހަރު ރަނގަޅަށް ބެލެހެއްޓުމަށް  ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

އަދި ވައިގަދަވާ ވަގުތުތަކުގައި، އުސް އިމާރާތްތަކުގައި ހުންނަ ދޮރުތަކާއި، ކުޑަދޮރުތައް ލެއްޕުމާއި، ބެލްކަންޏާއި ޓެރެސްގައި ހުންނަ ގަސްމުށި ފަދަތަކެތި ބިންމައްޗަށް ނުވެއްޓޭނެހެން ރައްކާތެރިކޮށްފައި ބެހެއްޓުމަށް ވެސް ފުލުހުންފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ފުލުހުން ބުނީ މިއީ ހިނގާފާނެެ ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކަމަށެވެ.

އަންގާރަވިލޭރޭ ކުރި ވިއްސާރައިގައި މާލޭގެ ގިނަ ސަރަަހައްދުތަކުގައި ފެންބޮޑުވެފައިވެއެވެ. އަދި މާލޭ ސިޓީގެ ބައެއް ތަންތަނުގައިހުރި ބައެއް ގަސްތައްވެއްޓި، އެކިވަރުގެ ގެއްލުންތައްވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: