ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީގެ މުސާރަ ކަނޑައަޅާފައި ވަނީ ކުންފުންޏަކުން ނޫން، ފިނޭންސް މިނިސްޓްރީން: ސްޓެލްކޯ

ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު އައުމުގެ ކުރިން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުންގެ މުސާރަތައް ކަނޑައަޅަމުން އައިސްފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންން ކަމަށާއި ނަމަވެސް މި ސަރުކާރު އައުމަށް ފަހު ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރުގެ  މުސާރަ ކަނޑައަޅާފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތަކާއި ބެހޭގޮތުން އެކި ގޮތްގޮތަށް ބައެއް ނޫސްތަކުގައި އަދި ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެކަމުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ސާފުވެފައި އޮންނަންޖެހޭ ކަމަށް ދެކި ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި  މި ސަރުކާރު އައުމުގެ ކުރިން  ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުންގެ މުސާރަތައް ކަނޑައަޅަމުން އައިސްފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

އެހެން ނަމަވެސް މި ސަރުކާރު އައުމަށް ފަހު ސަރުކާރު ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ކުންފުނިތަކާއި މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި، އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ ކަނޑައަޅާފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ކުންފުނިތައް ގިންތި ކުރައްވާ މުސާރަތައް ކަނޑައަޅުއްވާފައިވާ ގޮތުގެ މަތީން ކަމަށް ސްޓެލްކޯގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކުންފުނުތަކުގެ މެނޭޖިންގ ޑައިރެކްޓަރުންގެ މުސާރައާއި އިނާޔަތްތައް ބިނާވެގެންވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕާފޯރމެންސް ލަނޑުދަނޑުތަކާއި، އަދި ކީ ޕާެރފޯރމެންސް އިންޑިކޭޓާރސް (ކޭޕީއައި) ހާސިލް ކުރާ މިންވަރުގެ މައްޗަށެެވެ.

އެގޮތުން ސްޓެލްކޯ ގިންތި ކުރެވިގެންދަނީ ”A“ ކެޓަގަރީގައި ކަމަށްވާއިރު، އެ މުސާރައާއި އިނާޔަތްތަކަކީ ސްޓެލްކޯއާއި އެއް ގިންތިއެއްގައި ހިމެނޭ ހުރިހާ ކުންފުންޏެއްގެވެސް މެނޭޖިންގ ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތައްކަން ވަނީ ފާހަގަ ކޮށްފައެވެ. އެއީ ސަރުކާރުގެ ހިއްސާވާ ކުންފުނިތައްކަން ފާހަގަ ކޮށްލަން ޖެހެއެވެ. 

ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި  ކުރިޔާއި ހިލާފަށް ސްޓެލްކޯއިން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކާއި، ކުރަމުންގެންދާ މަސައްކަތްތައް އާންމުންނާއި ހަމަޔަށް މީޑިއާއާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދީ، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކުރާ ކުންފުންޏަކަށް ސްޓެލްކޯ ވަނީ ބަދަލުކުރެވިފައެވެ. 

މީގެއިތުރުން  ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުވަތަ އާންމުރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް މައުލޫމާތެއް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ޖެހިލުމެއްނެތި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެމުންގެންދާނެ ކަމުގެ ޔަގީންކަން ކުންފުނީގެ ކަސްޓަމަރުންނާއި، އެންމެހާ ދިވެހި ރައްޔިތުންނަށް  ސްޓެލްކޯއިން ވަނީ އަރުވާފައެވެ. އަދި ސްޓެލްކޯއަކީ އެފަދަ ކަންކަމުގައްޔާއި، ދިވެހި ރައްޔިތުންނަށް ފައިދާއާއި ލާބަ ހުރި ކޮންމެ ކަމެއްގައި ނަމޫނާ ދައްކާނެ ކުންފުންޏެއް ގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަންވެސް ސްޓެލްކޯއިން ވަނީ އަެުވާފައެވެ. 

މީގެއިތުރުން ރައީސް ސާލިހުގެ ސަރުކާރުން ކުންފުނިތަކުގެ މެނޭޖިންގ ޑައިރެކްޓަރުންނަށް ދެމުން ގެންދާ މުސާރައަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުންފުނިތަކުގެ މެނޭޖިންގ ޑައިރެކްޓަރުންނަށްނަށް ދެމުން ގެންދިޔަ މުސާރައަށް ވުރެ ކުޑަ މުސާރައެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: