ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑުން ރަނގަޅު ވީ މީހުންގެ އަދަދު 80 އަށް!

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުން: ބަލި ޖެހިފައި ތިބި މީހުން މިހާެރު ވަނީ މަޑުމަޑުން ރިކަވާރ ވާން ފަށާފައި / ފޮޓޯ: އެންއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑު-19 ޖެހިގެން ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން ބަލީން ރަނގަޅު ވީ މީހުންގެ އަދަދު 80 އަށް އަރައިފިއެވެ.

ކޮވިޑާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކޮވިޑަށް ހާއްސަ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ކޮވިޑު ކޭސްތަކުގެ ތަފްސީލީ މައުލޫމާތައް އެ ވެބްސައިޓު މެދުވެރިކޮށް ލިބޭއިރު ކޮވިޑުގެ ތަފާސް ހިސާބުތައް ފޯރުކޮށް ދޭ ޑޭޝްބޯޑުގައި ވާ ގޮތުން މިހާތަނަށް ބަލީން ރަނގަޅު ވީ މީހުންގެ އަދަދަކީ 80 އެވެ.

ރޭ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިން މައުލޫމާތުތަކުގައި ވާ ގޮތުން ރެއާއި ހަމައަށް ބަލީން ރަނގަޅުވީ 74 މީހެކެވެ. އެހެން ކަމުން އެއަށްފަހު މިއަދު މެންދުރާއި ހަމައަށް ބަލީން އިތުރު 6 މީހަކު ރަނގަޅު ވީއެވެ. ބެލެވޭ ގޮތުން ރަނގަޅު ވީ މީހުންގެ ތްފްސީލުތައް ލިބޭނީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ބައެއް ކޭސްތަކުގެ ރިކަވަރީ ރޭޓު ދަށްވުމާއި ގުޅޭގޮތުން ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑު ޖެހިފާ މީހަކު ބަލިން ރަނގަޅުވީ ތޯ ސާމްޕަލް ނަގާނީ އެ މީހެއްގެ ހުރިހާ އަލާމާތެއް ނެތި ދިއުމުން ކަމަށެވެ. އަދި ކިރިޔާ ވެސް ރޯގާގެ އަލާމާތެއް ނުވަތަ ހިކި ކެއްސުމެއް ހުންނަ ކަމުގައި ވާނަމަ ވެސް އެކަން އެކީ ރަނގަޅުވަން ދެން މަޑު ކުރާ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑުގެ ޕޭޝަންޓެއް ބަލީން ރަނގަޅުވީ ކަމަށް ކަނޑައަޅަނީ އެ މީހެއްގެ ދެ ސާމްޕަލްއެއް ނަގާ އެ ދެ ސާމްޕަލް ވެސް ނެގެޓީވް ވުމުން ކަމަށެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދަކީ 1،106 އެވެ. އަދި އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،020 އެވެ. އޭގެ ތެރެއިން 13 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި ކަމަށް ޑޭޝްބޯޑުން ދައްކައެވެ.

ކޮވިޑު ޖެހިގެން ރާއްޖޭގައި 4 މީހަކު ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: