މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި އޫރުމަހާއި، ސިނގިރޭޓު ނައްތާލައިފި އެވެ.
މި ކަން ހާމަކޮށް ކަސްޓަމްސްއިން މިއަދު ބުނީ، އެ ސަރވިސްގެ ބެލުމުގެ ދަށުގައިހުރި، ބަނގުރަލާއި އޫރުމަހާއި، ސިނގިރޭޓު ނައްތާލައިފައިވާކަމަށެވެ.
މި އެއްޗެހި ނައްތާލާފައިވަނީ، ހޯމަދުވަހުގައި ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި ގޮތުން ނައްތާލާފައިވާ ތަކެތީގެތެރޭގައި ހިމެނެނީ، 71 ޕެކެޓް އޫރުމަހާއި، 59 ފުޅި ބަނގުރާގެ އިތުރުން، 10,000 ސްޓިކްސް ސިނގިރޭޓްކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި އެ ތަކެއްޗަކީ، ކަސްޓަމްސްގެ ޢާންމު ގަވައިދުފެ 412 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި، ކަސްޓަމްސްއިން އަމަލުކުރާނެ އުސޫލުގެދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.

