ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮކްޓަރުންގެ ލަފައާއި ހިލާފަށް، އިތުރު ބައެއްގެ ބަހަށް އިގްތިސޯދު ހުޅުވައެއް ނުލެވޭނެ: މަބްރޫކް

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮކްޓަރުންގެ ލަފައާއި އިރުޝާދާއި ހިލާފަށް، ރައްޔިތުންނަށް އެއްވެސް ސަލަމަތާއި ރައްކާތެރިކަމެއް ނެތި އިގްތިސާދު ހުޅުވާނުލެވޭނެ ކަމަށް ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ސިއްހީ ކަންތަކާއި، އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވަނީ ސިއްހީ ދާއިރާގެ ލަފާ ކަމަށެވެ. އަދި ޑޮކްޓަރުންނާއި ދާއިރާގެ މާހިރުން ފިޔަވާ އެހެން މީހެއްގެ ފަރާތުން ދޭންޖެހޭ ލަފައެއް ވެސް ނޯންނާނެ ކަމަށެވެ.

ރާއްޖެ ލޮކްޑައުންއެއްގައި އޮތުމުން އެކަމާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ރާއްޖޭގެ އޮންއެރައިވަލް ވިސާ ދިނުން މަޑުޖައްސާލާފައިވާއިރު ކޮމަންވެލްތުން ”އިމީޑިއެޓް ރެސްޕޮންސް އެންޑް ފިއުޗާ އޮޕޮޗުނިޓީސް“ ގެ ނަމުގައި ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ގައުމުގެ ބޯޑަރުތައް ބަންދު ކުރުމަކީ ކޮވިޑުން ރައްކާތެރިވުމަށް އޮތް ހައްލެއްކަމަށް ގައުމުތަކުން ގަބޫލު ކުރި ނަމަވެސް އެއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެކަމުން ލިބޭ ސަލާމާތެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

ކޮވިޑާއި ގުޅުން ހުރި ކަންކަމުގައި ސިޔާސީ މީހުންގެ ވިސްނުން ތަފާތުކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އެއީ ރައްޔިތުންގެ ކަންބޮޑުވުންތައް ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވެސް ހައްލެއް އަންނަން ޖެހޭ ކަމަށެވެ. މަބްރޫކް ވިދާޅުވީ ރައްޔިތުންގެ މަންދޫބުންތަކެއް ވެސް ތިބިއިރު އެ ބޭފުޅުން ދައްކާ ވާހަކަތައް ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ކޮވިޑާއި މެދު އަޅާ ފިޔަވަޅުތައް ބިނާ ވަނީ ސިއްހީ ދާއިރާގެ މީހުންދޭ ލަފާތަކުގެ މައްޗަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިސްކުރަމުން އައީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށެވެ. ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތި، އިގްތިސޯދު ފުޅާކޮށް އިގްތިސޯދު ކުރިއެރުވުމުގެ ބޭނުމެއް ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް މަޝްވަރާ ދެއްވަނީ ޑޮކްޓަރުން. ޑޮކްޓަރުން ލަފާ ދެއްވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ރާއްޖެ ގައުމެއްގެ ގޮތުގައި ފިޔަވަޅުތަކެއް އަޅަންޖެހޭނީ ކިހިނެތްތޯ އަދި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރާނީ ކޮން މަސައްކަތެއްތޯ“ މަބްރޫކް

ރައްޔިތުންނަށް ސަލާމާތެއް ނެތި، އިގްތިސޯދެއް ހިންގުމުގެ ބޭނުމެއް ނެތްކަމަށް މަބްރޫކް ތަކުރާރު ކުރެއްވިއެވެ. އަދި ވިދާޅުވީ އަބަދުވެސް އިސްކަން ދޭނީ ޑޮކްޓަރުންގެ ބަހަށް ކަމަށެވެ. އަދި ބާކީ ޖާގައެއް އޮތްނަމަ އެކަމެއް ހާއްސަ ކުރެވޭނީ އިގްތިސޯދަށް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެކި ބޭނުންތަކަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ފޮނުވުން ލަސްވަމުން ދާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.  ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގައި މަޖިލީހުގެ މެންބަރުންގެ ކެތްތެރިކަން ކޮޅުން ލައިގެން ދާ ތަން ފެނިވަޑައިގަންނަވާ ކަމަށާއި ހަމައެގޮތަށް އެމަނިކުފާނުގެ ކެތްތެރިކަން ވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް ކަމަށެވެ. މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ފޮނުވުމުގެ މަސައްކަތަކީ މުހިއްމު ކަމެއްގެ ގޮތުގައި ނުފެންނަ ސަބަބެއް ވިސްވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މާލޭގައި އެތައް ބަޔަކު މިހެން ތާށިވެފައި ތިބުމަކީ އެތައް އާއިލާއަކަށް ލިބެމުންދާ ވަރަށް ބޮޑު ގެއްލުމެއް ކަން ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: