ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހުމަށްފަހު އެކަން ނޭނގި ހުރެ، ބަލިން ރަނގަޅުވި ބަޔަކު ތިބިތޯ ބެލުމަށް އެންޓި ބޮޑީ ޓެސްޓުތަކެއް!

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް ޖެހުމަށްފަހު އެކަން ނޭނގި ހުރެ، ބަލިން ރަނގަޅުވި ބަޔަކު ތިބިތޯ ބެލުމަށްޓަކައި އެންޓިބޮޑީ ޓެސްޓު ހަދަން ފަށާފައިވާކަމަށް ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މުޖްތަމައުގެ ތެރޭގައި އެއްވެސް އަލާމާތެއް ނެތި ބަލި ޖެހުމަށްފަހު ބަލީން ރަނގަޅުވެފައި ވާ މީހުން ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން ބިދޭސީންގެ ތެރޭގައި ކިހާވަރަކަށް ބަލި ފެތުރިފައިވޭތޯ ދެނެގަތުމުގެ ގޮތުން ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަންތަނުން މޮނީޓަރިންއަށް ގެނެވިފައިވާ ގެތަކުގައި ތިބި މީހުން އެންޓި ބޮޑީ ޓެސްޓު ކުރުން ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮންޓެއިންމެންޓު ސައިޓުތަކުން މިހާރުވެސް ބައެއް ސާމްޕަލްތައް ނަގާފައިވާއިރު، މި ގޮތަށް ސާމްޕަލް ނެގުމުގެ އެންމެ ބޮޑު ބޭނުމަކީ ބަލި ހުރިކަން ނޭނގި ބަލިން ރަނގަޅުވީ މީހުންގެ އިންސައްތަ ދެނެގަތުން ކަމުގައި މަބްރޫކް ފާހަގަކުރެއްވިއެވެ. މަބްރޫކް ވިދާޅުވީ ޓެގުޓީމުން ވެސް އިތުރު ދިރާސާތަކެއް ކުރުމަށް ބޭނުން ވާ ކަމަށެވެ.

މަބްރޫލް ވިދާޅުވީ މިގޮތަށް ކުރިޔަށް ގެންދެވޭ ޕްރޮގްރާމްގެ ދަށުން ސިއްހީ އެހީ ބޭނުންވާ މީހުންވެސް ވަކި ކުރެވޭނެ ކަމަށެވެ. އަދި އެ މީހުން ވަކި ތަނަކަށް ބަދަލު ކުރެވި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

”ކޮންޓެއިންމަންޓް ސައިޓުތަކުން ފުރަތަމަ އަޅުގަނޑުމެން ހެދީ ޕީސީއާރު ޓެސްޓުތަކެއް އެމީހުންގެ ތެރޭގައި މިވަގުތު ބަލި ހުރީ ކޮން ބައެއްގެ ތޯ ބެލުމަށް. މިހާރު ޓެގް ޓީމުގެ ފަރާތުން އިތުރަށް ދިރާސާކުރަން ބޭނުންވޭ އޭގެ ކުރިން ބަލި ޖެހިފައި ރަނގަޅުވި ބަޔަކު އެމީހުންގެ ތެރޭގައި ތިބިތޯ“ މަބްރޫކް

އެންޓިބޮޑީ ނުވަތަ ސީރޮލޮޖީ ޓެސްޓު ހަދަނީ މީހެއްގެ ހަށިގަނޑަށް ބަލި ޖެހިފައި ހުރިތޯ ބެލުމަށާއި، އިމިޔުނިޓީސް ނޫނީ އެ ބަލި ދިފާއުކުރުމުގެ މާއްދާތައް ހަށިގަނޑުގައި އުފެދިފައި ހުރީ ކިހާވަރަކަށްތޯ ދެނެގަތުމަށެވެ. މި ޓެސްޓު މެދުވެރިކޮށް މީގެ ކުރިން އެ މީހަކަށް ބަލި ޖެހި، ބަލިން ރަނގަޅުވެފައިވާނަމަ އެކަން ވެސް ދެނެގަނެވޭނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި ބައެއް މީހުންނަކީ، އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވް ވާ މީހުންނެވެ. އެކަމަށް އިޝާރާތް ކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ ރޯގާގެ އަލާމާތްތަކާއި އެކު ބައްޔަށް ޕޮޒިޓިވް ވާ މީހުންނާއި، އެއްވެސް އަލާމާތެއް ނެތި ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ދެމެދުގައި މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ޑރ. އަފްޒަލް ވިދާޅުވީ ބައެއް މީހުންނަށް ބަލި ޖެހުމަށްފަހު، އަލާމާތެއް ނުފެނި ބަލިން އަމިއްލައިން ރަނގަޅުވާ ކަމަށެވެ. އަދި ހަށިގަނޑަށް މާ ބޮޑެތި އަސަރުތަކެއް ނުކުރި ނަމަވެސް އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހެމުންދާނެ ކަމަށެވެ.

މިހެން ދިމާވުމުގެ ސަބަބެއްގެ ގޮތުގައި ޑރ. އަފްޒަލް ވިދާޅުވީ އެއްވެސް އަލާމާތެއް ނެތް މީހުންގެ އިމުނިޓީ ނުވަތަ ދިފާއީ ނިޒާމް ވަރުގަދަ ވުމެވެ. ނަމަވެސް، ބަލި އިތުރުވެ، ސީރިއަސް ވާ ފަދަ ހާލަތަކަށް ދިއުމުން ފަރުވާ ދިނުމުގައި ދަތިތަކެއް ދިމާވަމުންދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: