ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތްވަރު ހުރިއްޔާ މިޑް-ޓާރމް އިލެކްޝަންއަކަށް ދޭބަލަ، ބޮޑުތަނުން ސަރުކާރަށް ”ނޯ“ ބުނާނެ: އާދަމް ޝަރީފް ޢުމަރު

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިތްވަރު ހުރިއްޔާ މިޑް-ޓާރމް އިލެކްޝަންއަކަށް ދިއުމަށާއި، ދިޔަ ނަމަވެސް، މި ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނާނެކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް، މި ސަރުކާރަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވެފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

މި ގޮތުން އަންގާރަދުވަހުގެ ޖަލްސާގައި ރައީސް ނަޝީދުވަނީ، ސަރުކާރަށް ފާޑުކިޔުމަށް އެމްޑީޕީ މެންބަރުން ޖެހިލުންވެވަޑައެއް ނުގަންނަވާނެކަމަށާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދައުލަތުގެ ފައިސާގައި ޖެހިވަޑައިނުގަންނަވާނެކަމާމެދު މެންބަރުންނަށް ވަރަށް ބޮޑަށް ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.

މި ގޮތުން އާދަމް ޝަރީފް ވިދާޅުވީ، ފާޑުކިޔުން ގިނަވަނީ، ސަރުކާރުން ހަދާ ”މިސްޓޭކްސް“ ތައް ގިނަވުމުންކަމަށާއި، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންދަނީ، ސަރުކާރު ބަލިކަށިވަމުންދާކަން ހާމަކޮށްދެމުންކަމަށެވެ.

މީގެ އިތުރުން، ޝަރީފް ވިދާޅުވީ، އިތުބާރު އޮތްކަން އެނގޭނީ ވޯޓަކަށް ދިއުމުންކަމަށާއި، ހިތްވަރު ހުރިއްޔާ މިޑް-ޓަރމް އިލެކްޝަނަކަށް ދިއުމަށެވެ.

ނަމަވެސް މިޑް-ޓަރމް އިލެކްޝަނަކަށްދިޔަޔަސް، ރައްޔިތުން މި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެެވެ.

ޝަރީފް ވިދާޅުވީ، ރައްޔިތުން ސަރުކާރަށް ފާޑުކިޔަނީ ގޯސްތަކެއް ހަދަމުންދާތީ ކަމަށާއި، ބަހާއި އަމަލާއި ދިމާނުވެ ކޮރަޕްޝަން އިތުރުވެ، ވަޢުދުތައް ނުފުއްދި، ރައްޔިތުން ބިކަވަމުންދާތީކަމަށެވެ.

ޝަރީފް ވިދާޅުވީ، ފާޑުކިޔަނީ ބައެއް މިނިސްޓަރުން ޒިންމާއަދާނުކުރައްވާކަމަށް ސަރުކާރުގެ މެންބަރުން ބުނަމުންދާތީއާއި އެކު ވެސް ކަމަށާއި، ކޮވިޑަކީ އެހެން ބާބެއްކަމަށެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ފިޝަރީޒް މިނިސްޓަރު ޒަޙާ ވަޙީދު ޒިންމާ އަދާނުކުރައްވާކަމަށް މަޖިލީހުންވަނީ ނިންމާފައެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ، އެ ކަމަނާގެ ޒިންމާއަދާނުކުރައްވުމެއްނެތި، ރިސޯޓުގައި ކޮވިޑަށް ފިއްލަވައިގެން އުޅުއްވާ ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެކެވެ. މީގެ އިތުރުން، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހެލްތު މިނިސްޓަރު އަމީންގެ އިތުބާރުނެތްކަމަށް ގިނަ މެންބަރުން ބުނެފައިވެއެވެ. 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: