ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާކީހުރި ކަދުރު ބޭނުންވާ މީހުން ނަންނޯޓް ކުރުމަށް އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއާއި ވިލިމާލޭގައި ގައި ދިރިއުޅޭ މީހުންގެ ތެރެއިން ކަދުރު ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ބަހަން ދީފައިވާ ކަދުރާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ބެހުމަށް، މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަދުރުތަކުގެ ތެރެއިން، މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ބެހުމަށްފަހު ބާކީހުރި 2،903 ޕަކެޓު ކަދުރު އެ ކައުންސިލްގައި އެބަހުރި ކަމަަށެވެ. އެހެން ކަމުން އެ ކަދުރު ބޭނުންވާ ފަރާތްތަކުން 9955788 ނަންބަރަށް އެސްއެމްއެސް ކުރުމަށް އެދޭ ކަމަަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ކަދުރު ބޭނުންވާ ފަރާތްތަކަށް މާދަމާރޭ 09:00 އެއް ޖެހުމާއި ހަމައަށް އެސްއެސް ކުރެވޭނެއެވެ. އަދި ކަދުރު ދޫކުރާނީ ފުރަތަމަ އަންނަ އެސްއެމްއެސްތަކަށް އިސްކަންދީގެން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ކަދުރަށް އެދި އެސްއެމްއެސް ކުރާއިރު އެ ފަރާތެއްގެ ފުރިހަމަ ނަމާއި އައިޑީ ނަންބަރު އަދި މިހާރު ދިރިއުޅޭ އެޑްރެސްގެ އިތުރުން އަވަށާއި މަގުގެ ނަން އަދި ގުޅޭނެ ނަންބަރު ޖަހަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

 

https://twitter.com/MaleCitymv/status/1263091631756017666

ސައުދީ އަރަބިއާ އިން ރާއްޖެއަށް މިއަހަރުވެސް ކަދުރު ހަދިޔާކޮށްފައިވާ ކަމަށާއި ކަދުރު ބަހާނީ ފަގީރުންނަށް އިސްކަންދީގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭރު މިނިސްޓްރީއިން ބުނެފައިވަނީ ސައުދީ ސަރުކާރުންދޭ ކަދުރު މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ބަހާނީ މީހުން ދިރިއުޅޭ ގޭބީސީތަކުގެ ތެރެއިން ކަދުރު ބަލާ ހާޒިރުވާ ތަރުތީބުން ކަމަށެވެ. އޭގެ އިތުރުން މިދިޔަ އަހަރު މިނިސްޓްރީގެ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބީސީއަކަށް އެއް ޕަކެޓް ކަދުރު ދޭނެ ކަމަށާއި ފަގީރުންގެ ގޭބީސީތަކަށް ކަދުރު ބެހުމަަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ ކަދުރު ބަލައި އަންނަ ފަރާތްތަކަށް އިސްކަންދޭ އުސޫލުން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

ސައުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ދިވެހި ރައްޔިތުންނަށް ބެހުމަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރެއެވެ. މީގެ ކުރީ އަހަރުތަކުގައި ކަދުރު ބެހިގޮތަށް މި ސަރުކާރުގެ ވެރިން ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު ކަދުރު ބެހުމުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް ގިނަ ބަޔަކު ދަނީ މި ސަރުކާރަށް ފާޑުކިޔަމުންނެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: