ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ކަރަންޓު ބަޑި ދިނުމަކީ، މައުސޫމު ރައްޔިތުންތަކެއް ނުރައްކަލަށް ހުށަހެޅިގެންދާނެކަމެއް: މޮސްޓާ

ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ)މޮސްޓާ( . ފޮޓޯ: މަޖިލިސް(
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންނަށް ކަރަންޓު ބަޑި ދިނުމަކީ، މައުސޫމު ރައްޔިތުންތަކެއް ނުރައްކަލަށް ހުށަހެޅިގެންދާނެކަމެއްކަމަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ( މޮސްޓާ) ވިދާޅުވެއްޖެއެވެ.

މެންބަރު މުޙައްމަދު ނަޝީދު މިހެން ވިދާޅުވެފައިމިވަނީ، ފުލުހުންގެ އޮޕަރޭޝަންތަކުގައި، ކަރަންޓު ހަތިޔާރު ނުވަތަ ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން (ސީއީޑަބްލިއު) ބޭނުންކުރާން ނިންމާފައިވާކަމަށް، އަންގާރަ ދުވަހު ހާމަކޮށްފައިވަނިކޮށެވެ. 

https://twitter.com/M_Hameedh/status/1262633809725407233?s=19

މި ގޮތުން މުޙައްމަދު ނަޝީދު ވިދާޅުވީ، މިހާރު ވެސް ހާލަތާއި ނުބައްދަލު ހަތިޔާރު ފުލުހުން ބޭނުންކުރާކަމަށާއި، އެހެންކަމުން ފުލުހުންނަށް ކަރަންޓު ބަޑި ދިނުމަކީ، މައުސޫމު ރައްޔިތުންތަކެއް ނުރައްކަލަށް ހުށަހެޅިގެންދާނެކަމެއްކަމަށެވެ.

މީގެ އިތުރުން މުޙައްމަދު ނަޝީދު ވިދާޅުވީ، ބޭރު ޤައުމުތަކުގައި ފުލުހުން ކަރަންޓު ބަޑި ބޭނުންކުރުމުގެ ސަބަބުން މީހުން މަރުވެފައި ވެސް އެބަހުރިކަމަށެވެ.

އަދި  ރައްޔިތުން މަޖިލީހުގެ ބަހެއްނެތި، މި ފަދަ ނިންމުމެއް ފުލުހުންނަށް ނިންމިގެންނުވާނެކަމަށާއި، މިއީ ރައްޔިތުން ކަންބޮޑުވާ މައްސަލައެއްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ، ފުލުހުންގެ އަތުގައި، ކޮވިޑް-19 އަށް ރައްކަތެރިވުމަށް ބޭނުންވާނެ ޢާލާތްތައް ހަމައަށް ނެތްއިރު، ފުލުހުންނަށް މި ވަގުތު އެންމެ މުހިންމީ ކަރަންޓު ބަޑިތޯއޭ ވިދާޅުވެ ސުވާލުއުފައްދަވާފައެވެ. 

މީގެ އިތުރުން ނަޝީދުވަނީ، ފުލުހުންގެ އިދާރާއަށާއި ސީޕީ މުޙައްމަދު ޙަމީދަށާއި، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އަށް، ފްރޮންޓް ލައިނުގައި މަސައްކަތްކުރާ ފުލުުހުންނާއި ސިފައިންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: