ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންއިން ލުޔެއް ދޭނީ ވަކި ފިޔަވަހިތަކަކަށް ބަހާލައިގެން: ރައީސް ސޯލިހް

އީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: އެމަނިކުފާނު ވަނީ މިރޭ ގައުމާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވާފައި/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަޙައްދުން ފުރަބަންދުގެ ޙާލަތަށް ލުޔެއް ދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުން ފުރަބަންދުގެ ޙާލަތަށް ލުޔެއް ދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަން ހާމަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އޭގެއިން އެންމެ ފުރަތަމަކަމަކަށް ވާނީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުން ކަމަށެވެ.

ރައީސް ވިދާޅުވީ އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ ކަމަށެވެ. އެ ގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މިސްކިތްތައް ވަކި އިންތިޒާމުތަކެއްގެ ދަށުން ހުޅުވާލެވެނެ ކަމަށެވެ. އަދި ހޮޓާތަކާއި ކެފޭ، ރެސްޓޯރެންޓުތައް ހުޅުވާނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށެވެ. އޭގެ އިތުރުން ސްކޫލްތަކުގެ ކިޔަވައިދިނުން ވެސް އެ އިންތިޒާމުތަކުގެ ދަށުން ކުރިޔަށް ގެންދެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރަައީސް ވިދާޅުވީ މި ލުއިތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް، ކުރިޔަށް އޮތް ދުވަސްތަކުގައި ކަމާއި ބެހޭ އިދާރާތްތަކުން އާއްމު ކުރައްވަމުން ގެންދަވާނެ ކަމަށެވެ. 

މި ހާލަތުގައި ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވޯ މާލެ ލޮކްޑައުންއިން ދޫކޮށްލާއިރު ކޮވިޑަށް ޓެސްޓު ކުރުމުގެ ގާބިލުކަން އިތުރު ކުރެވޭނެ ކަމަށެވެ. އަދި ބަލި ޖެހޭ މީހުންނަށް ފަރުވާ ދެވޭނެ ގޮތްތަކާއި، ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހަމަ ކުރެވޭނެ ކަމަށެވެ.

ބަލި ފެތުރިފައި ނެތް ރަށްތައް އާއްމު ހާލަތަކަށް ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން ހާމަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން ވިސްނާފައި އޮތީ، ކޮވިޑް-19 ފެތުރިފައި ނުވާ ރަށްތައް ވީހާސް އަވަހަށް އާއްމު ހާލަތަކަށް ގެނައުމަށް ކަމަށެވެ. އަދި އެ ރަށްތަކުގައި އާއްމު އުސޫލުގެ ދަށުން ޖަމާއަތުގައި ނަމާދު ކުރެވެނޭ ގޮތަށް ބަދަލު ގެނައުމުގެ އިތުރުން ދަރިވަރުންގެ ކިޔެވުން ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: