ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމިކް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސްވެރިންނާއި ނައިބު ރައީސް މަޝްވަރާކުރައްވައިފި

ނައިބު ރައީސް ފައިޞަލް ނަސީމް. ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ މި ހާލަތުގައި އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ރޭވިފައިވާ  ގޮތާއިބެހޭގޮތުން، 

އިސްލާމިކް މިނިސްޓަރު ޑރ އަޙްމަދު ޒާހިރާއި އެމިނިސްޓްރީގެ އިސްވެރިންނާއި، ނައިބު ރައީސް ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ. 

އޮންލައިންކޮށް މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ނައިބު ރައީސް ވަނީ،  ޤުރުއާނާބެހޭ މަރުކަޒުގެ ކަންކަން ހަރުދަނާކުރުމަށް އެދިވަޑައިގެންފައެވެ.

މި ގޮތުން ޤުރުއާނާ ބެހޭ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށް ގެންނަންޖެހޭ، ހެޔޮ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިޔަށްގެންދެވުމަށް ނައިބު ރައީސް އެދިވަޑައިގަންނަވާފައިވެއެވެ. 

މީގެ އިތުރުން، މިސްކިތްތައް ބިނާކުރުންފަދަ ކަންކަމުގައި އިމާރާތުގެ ފެންވަރު ރަނގަޅުކޮށް، އެންމެ ފުރިހަމަގޮތުގައި މިސްކިތްތަކުގެ ބޭނުން ހިފޭނެހެން، މިސްކިތްތައް ޑިޒައިންކުރުމުގައި އިސްކަންދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ނައިބު ރައީސްވަނީ އެދިވަޑައިގަންނަވާފައެވެ. 

އަދި މި ހާލަތުން މިއަށްވުރެ ރަނގަޅު ހާލަތަކަށް ރުޖޫޢަވެ، މިސްކިތްތައް ހުޅުވާއިރު ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމާއި ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ. 

ހަމަ އެހެންމެ ޤުރުއާން މުދައްރިސުން އުފެއްދުމާއި،  އަތޮޅުތަކުގައި ޤުރުއާން ކިލާސްތައް ހަރުދަނާގޮތެއްގައި، ކުރިޔަށްގެންދިއުމުގެ މުހިންމުކަން ވެސް ނައިބު ރައީސްވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ،  އެ މިނިސްޓްރީގެ ދަށުން މި ދުވަސްވަރު ކުރިއަށްގެންދާ ޕްރޮގުރާމުތައް ފާހަގަކުރެއްވިއެވެ. 

މި ގޮތުން އިސްލާމިކް މިނިސްޓްރީގެ އިސްވެރިންވަނީ،މި ރަމަޟާންމަހުގައި ދީނީ ޕްރޮގްރާމްތަކާއި، ދަރުސްތައް ދިނުމަށް ކޮށްފައިވާ އިންތިޒާމުތައް ފާހަގަކުރައްވާފައެވެ.  

އޭގެ އިތުރުން، އިސްލާމިކް މިނިސްޓްރީގެ އޮފިޝަލުންވަނީ، ފިޠުރު ޒަކާތުގެ ކަންކަމާއި،  ޙައްޖުގެ ކަންކަމާއި ގުޅޭ ގޮތުން، އެ މިނިސްޓްރީން ކުރަމުންދާ ކަންކަމާބެހޭ، އެންމެ ފަހުގެ މަޢުލޫމާތުތައް ނައިބު ރައީސްއާއި ހިއްސާކުރައްވާފައެވެ. 

އަދި ޤުރުއާނާބެހޭ މަރުކަޒުން ކުރިޔަށްގެންދާ ކޯސްތަކާއި، ރަށްރަށުގައި ކުރިޔަށްގެންދާ ޤުރުއާން ކިލާސްތައް ބެހޭގޮތުން ވެސް ނައިބު ރައީސްއާއި މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ. 

މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީގެ އޮފިޝަލުންވަނީ، އެކަށީގެންވާވަރަށް ޤުރުއާން މުދައްރިސުން ނުލިބުމުގެ މައްސަލައާއި ގުޅޭގޮތުންނާއި، މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާބެހޭގޮތުން ވެސް ނައިބު ރައީސްއާއި މަޝްވަރާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: